ENGLISH

21 އޭޕްރީލު 2025

Advertisement

ރާއްޖެ ބަނގުރޫޓު ނުވެ ސަލާމަތް ކުރެވުނީ ރައީސްގެ އިރުޝާދުގެ ދަށުން މުޅި ސަރުކާރު ގުޅިގެން ކުރި މަސައްކަތުން: މެމްބަރު މަމްދޫހު

28 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

މެމްބަރު މަމްދޫހު ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އެމްއެމްޓީވީ

ރާއްޖެ ބަނގުރޫޓުނުވެ ދިވެހި ޤައުމު ސަލާމަތް ކުރެވުނީ މުޅި ސަރުކާރު ގުޅިގެން ކުރި މަސައްކަތުން ކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ބޮޑު ޚަބަރު ޕްރޮގްރާމު"ގއި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މިސްރާބު ހުރީ ޑިފޯލްޓަކަށް ނުވަތަ ބަނގުރޫޓު ވުމުގެ މަގަށް ނަމަވެސް ރައީސްގެ ހިކުމަތާއި ވިސްނުންފުޅާ އެއްގޮތަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ނަތީޖާއަކީ ރާއްޖޭގެ އިޤްތިޞާދު ސަލާމަތް ކުރެވުމެވެ. 

މަމްދޫހު ވިދާޅުވީ އެ ހާލަތަށް ދިވެހި ޤައުމު ގެންގޮސްފައި ވަނީ އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕްކޮށްގެންނާއި ހައްދެއް ނެތި ނަގާފައިވާ ލޯނުތަކުގެ ސަބަބުން ކަމަށެވެ. 

އެ ދަތި ހާލަތުން އަރައިގަތުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން އެއްވެސް ފައިސާއެއް ޗާޕުނުކޮށް އެމްއެމްއޭއިން ފައިސާ ބޭރުނުކޮށް އަދި އެއްވެސް ލޯނެއް ޑިފޯލްޓް ނުކޮށް މިހާތަނަށް އައީ ވިސްނުންތެރި ވަރަށް މުޙިއްމު ފިޔަވަޅުތަކެއްގެ ނަތީޖާއިންކަން ވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ. 

މެމްބަރު އިތުރަށް ވިދާޅުވި ގޮތުގައި އެމްޑީޕީން ވެރިކަން ކޮށްފައިވަނީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ ފަދަ ގޮތަކަށެވެ. އެހެން ނަމަވެސް ޑރ. މުޢިއްޒު ރައީސް ކަމާ ހަވާލުވެވަޑައިގެން، އެމަނިކުފާނުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ޤާނޫނު އަސާސީއަށް ބަދަލުތައް ގެންނަވައިގެން ރާއްޖޭގެ މިނިވަންކަން ވަނީ ކަށަވަރުކުރައްވާފައި ކަމަށް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު