ENGLISH
20 ޖުލައި 2026
ކެނދިކުޅުދޫ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ނިންމާލައިފި
18 ޖުލައި 2026
|
ނ. ކެނދިކުޅުދޫ ކުޑަކުދިންގެ ޕާކް
އެންމެ މަޤްބޫލު
ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ތަރައްގީކުރަން ފެށި ނ. ކެނދިކުޅުދޫ ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލާފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރުޑީސީން ބުނީ މި މަޝްރޫޢަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް ކުޅެ އުޅުމަށް އެކަށީގެންވާ ތަންތަން ފޯރުކޮށްދިނުން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ބައެއް ކަމަށެވެ. މީގެ ސަބަބުން ރަށްރަށުގެ ކުޑަކުދިންނަށް އުފާވެރި މާޙައުލެއްގައި ހަރަކާތްތެރިވެ، ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. މި ސަރުކާރުން ދަނީ ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.