ENGLISH

14 ޖުލައި 2026

Advertisement

މަސްތުވާތަކެއްޗާއެކު ހިންނަވަރުން މީހަކު ހައްޔަރު ކޮށްފި

13 ޖުލައި 2026

|

އާމިނަތު އިބްރާހިމް

މަސްތުވާތަކެތީގެ މައްސަލާގައި ހިންނަވަރުން ހައްޔަރު ކުރި މީހާ - ފޮޓޯ: ފުލުހުންގެ އިދާރާ

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޅ. ހިންނަވަރުން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބޮޑުކެކުރިގެ / ޅ. ހިންނަވަރު، އާދަމް ޢަބްދުލްޢަޒީޒު (32އ) އެވެ.

ފުލުހުން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި މީހާ ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 12 ވަނަ ދުވަހު ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހިންނަވަރު ޕޮލިހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.  

މި އޮޕަރޭޝަނުގައި، ފުލުހުން އެ ރަށު ގެއަކުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު