ENGLISH
11 ޖުލައި 2026
އާރްޑީސީގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް، މިދިޔަ ހަފްތާވެސް ކާމިޔާބު މަސައްކަތްތަކެއް
10 ޖުލައި 2026
|
އާރުޑީސީގެ ފަރާތުން ހދ. މަކުނުދޫ ކައުންސިލާއި ބައްދަލު ކުރުން - ފޮޓޯ: އާރުޑީސީ
އެންމެ މަޤްބޫލު
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރަމުން އަންނަ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން މިދިޔަ ހަފްތާ ކޮށްފައިވާ މުހިއްމު މަސައްކަތްތައް އެ ކުންފުނިން އާންމުކޮށްފިއެވެ.
އެ ކޯޕަރޭޝަނުން މިދިޔަ ހަފްތާގައި އާއްމުކޮށްފައިވާ އެންމެ ފަހުގެ އަދާހަމައަށް ބަލާއިރު، ބައެއް ރަށްރަށުގައި ކުރަމުން އަންނަ މަސައްކަތްތައް ނިންމާ، އަދި ބައެއް މަޝްރޫއުތައް ކުރިއަށްދާ ގޮތް ބެލުމަށް ރަށުގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައިވެއެވެ.
މ. މުލަކު މަގު ހެދުމުގެ މަޝްރޫއުގެތެރެއިން - ފޮޓޯ: އާރުޑީސީ
އާރުޑީސީން މައުލޫމާތު ދިން ގޮތުގައި، މިދިޔަ ހަފްތާގައި އެ ކޯޕަރޭޝަނުން ދެ ރަށެއްގެ ކައުންސިލުގެ އެދުމުގެ މަތިން އެ ކައުންސިލްތަކާއި ބައްދަލުކޮށްފައިވެއެވެ. އެއީ އދ. ފެންފުށި ކައުންސިލާއި، ހދ. މަކުނުދޫ ކައުންސިލެވެ. މި ބައްދަލުވުމުގައި ރަށުގެ ކައުންސިލްގެ މެމްބަރުންނާއި، އާރުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަބީޙް އަފީފް އަދި ކުންފުނީގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައިވެއެވެ.
ޅ. ކުރެންދޫގައި އިމާރާތްކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތްތަކުގެ ތެރެއިން - ފޮޓޯ: އާރުޑީސީ
މިދިޔަ ހަފްތާގައި އެ ކޯޕަރޭޝަނުގެ އިޖުތިމާއީ ޒިންމާގެ ދަށުން، ނ. މަނަދޫ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ވަނާފާރު އުސްކުރުމާއި މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި ކުޅުދުއްފުށި ސިޓީ ޖަލާލުއްދީން ސްކޫލްގެ އޮފީސް އިމާރާތުގެ ޖާގަ ބޮޑު ކުރުމަށް ކުރުމުގެ މަސައްކަތްތައް ވެސް ނިންމާލާފައިވެއެވެ.
ކުޅުދުއްފުށި ސިޓީ ޖަލާލުއްދީން ސްކޫލުގެ އޮފީސް އިމާރާތް - ފޮޓޯ: އާރުޑީސީ
މީގެ އިތުރުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މ. މުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އަލިކިލެގެފާނުމަގުގައި ކޯނަރ ކާރބްސްޓޯން ޖެހުމުގެ މަސައްކަތްތައް ކުރުމާއި، ޅ. ކުރެންދޫގައި އިމާރާތްކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތްތަކުގެ ތެރެއިން ރޫފް ބީމް ޝަޓަރިންގެ މަސައްކަތްތައް ވެސް ކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އާރްޑީސީއިން އަންނަނީ ސަރުކާރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. މިގޮތުން ރަށްތަކުގެ ތަރައްޤީގެ މަޝްރޫޢުތައް ނިންމުމުގައި ހަލުވި މަސައްކަތްތަކެއް އެކުންފުނިން އަންނަނީ ކުރަމުންނެވެ.