ENGLISH

21 އޭޕްރީލު 2025

Advertisement

އެމްއެންޑީއެފް އެއަރ ކޯރ ޑްރޯންގެ އެހީގައި ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

27 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

އެމްއެންޑީއެފް އެއަރ ކޯރ ޑްރޯން ގެ އެހީގައި އަތުލައިގެން ބޭރުގެ މަސްބޯޓު --- ފޮޓޯ: އެމްއެންޑީއެފް

ޤަވާއިދާ ޚިލާފަށް ރާއްޖެ ސަރަހައްދުގައި އުޅުނު މަސްބޯޓެއް އެމްއެންޑީއެފް އެއަރ ކޯރ ޑްރޯން ގެ އެހީގައި ލޮކޭޓް ކުރުމަށްފަހު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. 

އެމްއެންޑީއެފުން ވިދާޅުވީ، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި، ޤާނޫނާ ޚިލާފަށް ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެއް، އެމްއެންޑީއެފް އެއަރ ކޯރ ޑްރޯން ގެ އެހީގައި ލޮކޭޓް ކުރުމަށްފަހު ކޯސްޓްގާޑްގެ ބެލުމުގެ ގެންގޮސްފައިވާކަމަށެވެ. 

އެމްއެންޑީއެފްގެ މި ޑްރޯންގެ އެހީގައި މީގެ ކުރިން ވަނީ ރެސްކިއު އޮޕަރޭޝަންތައް ކާމިޔާބުކޮށްފައެވެ. 

މީގެ ތިން ދުވަސް ކުރިން ފުވައްމުލަކު ސިޓީގެ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ފެނުނު ސޯމާލިއާ ޑިންގީއެއްވެސް ވަނީ އަތުލައިގެންފައެވެ. އެ ޑިންގީގައި ތިން މީހުން ތިބި ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

އެމްއެންޑީއެފް އެއަރ ކޯރގައި ބޭނުންކުރަނީ ތުރުކީވިލާތުގެ ބައިރަކްތާރު ޓީބީ2 މަރުކާގެ ޑްރޯންނެވެ. ބައިރަކްތާރު ޓީބީ2" ޑްރޯނަކީ 18،000 އަދި 25،000 ފޫޓު މަތިން އުދުއްސޭނެ އުޅަނދުތަކެކެވެ. ހަތްދިހަ އާއި 120 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި އުދުހެވޭ މި އުޅަނދުތަކަކީ ނައިޓް ވިޝަން ކޭޕަބިލިޓީ އާއެކު ރޭގަނޑުވެސް ވަގުތުން ފޮޓޯއާއި ވީޑިއޯ ފޮނުވޭނެ އުޅަނދެކެވެ.

ކިޔުންތެރިންގެ ހިޔާލު