ENGLISH
10 ސެޕްޓެމްބަރު 2025
މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
27 ޑިސެމްބަރު 2024
|
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ މުހައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ތާރީޚު ދުށް އެންމެ މަޤުބޫލު އަދި ނުފޫޒުގަދަ ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި މަންމޯހަން ސިންގްގެ ހާލުކޮޅު ގޯސްވެ، އެއިމްސް ދިއްލީގައި އެޑްމިޓްކުރީ ރޭ 8:00 ހާއިރުއެވެ. އެ މަނިކުފާނު އަވަހާރަވީ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ރައީސުލް ޖުމްހޫރިއްޔާ "އެކްސް"ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާއަށް ކުރިމަތިވެފައިވާ މި ހިތާމައިގައި އެ މަނިކުފާނާއި ދިވެހި ރައްޔިތުން ބައިވެރިވެވަޑައިގަންނަވާ ކަަމަށެވެ. އަދި މަންމޯހަން ސިންގްގެ އާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޑރ. މަންމޯހަން ސިންގް ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
ޑރ. ސިންގްގެ ލީޑަރޝިޕްގެ ދަށުން "ލުކް އީސްޓް ޕޮލިސީ" ހަރުދަނާ ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކަކީ ދެކުނު އޭޝިއާ ސަރަޙައްދުގެ އެކި ކަންކޮޅުތަކުގައި ތަރައްޤީ އާއި އެއްބާރުލުން އިތުރުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރައްވާފައިވެއެވެ.
މަންހޯމަން ސިންގްގެ ސިޔާސީ ހަޔާތްޕުޅުގައި އިންޑިޔާގެ އިޤްތިޞާދާށާއި އިޖުތިމާޢީ ބައެއް ސިޔާސަތުތަކަށް ގެންނެވި އިންޤިލާބީ ބަދަލުތައް ގިނަ ބަޔަކު އަދިވެސް ފާހަގަކުރެއެވެ.