ENGLISH

06 ޖުލައި 2026

Advertisement

މަސްތުވާތަކެތީ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިޢުލާންކޮށްފި

05 ޖުލައި 2026

|

އާމިނަތު އިބްރާހިމް

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހޯދަމުންދާ މީހާ - ފޮޓޯ: ޕޮލިސް

ފުލުހުންގެ އިދާރާގެ ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި އަމުރާ ގުޅިގެން ހޯދަމުންދަނީ ލ. މާވަށް، ވެހި، ޙަސަން ޒުހައިރު (31އ) އެވެ.

ޒުހައިރު ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ.

ފުލުހުން އޭނާ ހޯދަމުންދަނީ ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ. އަދި މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 2:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް މައްސަލައިގެ ތުހުމަތުގައި ހާޒިރުވުމަށް އަންގާފައިވެއެވެ. 

 

ކިޔުންތެރިންގެ ހިޔާލު