ENGLISH

21 އޭޕްރީލު 2025

Advertisement

ޢަލީ ޙަމީދުގެ ކުންފުންޏަކަށް ދައުލަތުން 44 މިލިއަން ރުފިޔާ ދިން މައްސަލައިގެ ތަހުޤީޤު އަވަސް ކުރަން އަންގަވައިފި

26 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙަމީދުގެ --- ފޮޓޯ: ގޫގުލް

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ ކުންފުންޏަކަށް ދައުލަތުން 44 މިލިއަން ރުފިޔާ ދިން މައްސަލައިގެ ތަހުޤީޤޫ އަވަސް ކުރަން ޕޮރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަންގަވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙަމީދުގެ މަޞްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ "ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑަށް" ހަވާލުކޮށްފައިވާ ޕްރޮޖެކްޓަކާ ގުޅިގެން، 2023 ވަނަ އަހަރު 44 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ބައްލަވައި، ފުލުހުންގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. 

ޕީޖީން ވިދާޅުވީ، މި މައްސަލައަކީ ދިވެހި ދައުލަތާއި، ރައްޔިތުންގެ ޢާންމު މަޞްލަހަތު މަތީ ދަރަޖައަކަށް އޮތް ޙައްސާސް މައްސަލައެއް ކަމަށް ފެންނާތީ، މި މައްސަލައަށް އިތުރު ސަމާލުކަމެއް ދެއްވައި، މައްސަލައަށް ޚާއްސަ ތަޙުޤީޤު ޓީމެއް އެކުލަވާލައި، އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް އެ ޚިދުމަތުގައި މިއަދު ދަންނަވާފައިވާނެ ކަމަށެވެ. 

އަދި މި މައްސަލައިގައި ހިމެނޭ ފަރާތްތަކާ ގުޅޭ މި ބާވަތުގެ އިތުރު ޕްރޮޖެކްޓެއް ވާނަމަ އެކަންކަން ވެސް މި މައްސަލައިގެ ތެރެއިން ތަޙުޤީޤު ކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު