ENGLISH

02 ޖުލައި 2026

Advertisement

ތާރީޚީ ކާމިޔާބެއް؛ ދެ އަހަރާއި ބައިން 99 ކަނދުފަތި އަޅައިފި

02 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ނ.ނަލަންދޫ ކައިރީ އަޅާފައި އޮތް ކަނދުފައްޗެއް، ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ

މި ސަރުކާރަށް ފާއިތުވި ދެ އަހަރު ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 99 ކަނދުފަތި އަޅާފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

ކަނދުފައްޗަކީ މަސްވެރިކަން ކުރިއަރުވައި، މަސް ބާނާ މިންވަރު އިތުރުކުރުމާއެކު، މަސްވެރިންނަށް ފަސޭހަކޮށްދިނުމުގައި މުހިއްމު ވަސީލަތެކެވެ. އަބަދުވެސް އިތުރު ކަނދުފަތި އެޅުމަށް މަސްވެރިން އެދެއެވެ. ނަމަވެސް އެކަށީގެންވާ އަދަދަކަށް ކަނދުފަތި އެޅުމުގައި ގިނަ ގޮންޖެހުންތަކެއް އަބަދުވެސް ކުރިމަތިވެއެވެ. 

މަސްވެރިން ބޭނުންވާ މިންވަރަށް ރިއާޔަތްކޮށްގެން، ކަނޑުމަހުގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމަށްވެސް ފައިދާވާނެ ގޮތަށް ކަނދުފަތި އެޅުން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ސިޔާސަތެކެވެ. 

އެ ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 99 ކަނދުފަތި އަޅާފައިވެއެވެ. މިއީ މިހާތަަނަށް އެއް ސަރުކާރަކުން އެޅި އެންމެ ގިނަ ކަނދުފަތިކަން ފާހަގަކުރެވެއެވެ. 

މި ސަރުކާރުން އަޅާފައިވާ ކަނދުފަތީގެ ތެރެއިން 47 ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަމުގައި ބޭނުންކުރާ ކަނދުފައްޗެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ހާއްސަކޮށްގެން އަޅާފައިވާ ކަނދުފަތިތަކެވެ. ބާކީ 52 ކަނދުފައްޗަކީ ވަނދު މަސްވެރިކަމަށް ހާއްސަކޮށްގެން އަޅާފައިވާ ކަނދުފައްޗެވެ. އެއީ މިހާރު ރާއްޖޭގައި ކުރިއަރަމުން އަންނަ ސްޕޯޓްސް ފިޝިންގައި ބޭނުންކުރާ ކަނދުފަތިތަކެވެ. 

ކަނދުފަތި އަޅާ މިންވަރު އިތުރުކުރުމަކީ މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތެރިކަން އިތުރުވާނެ ސަބަބެއްކަން ވުޒާރާއިން ފާހަގަކުރެއެވެ. ކަނދުފަތި އިތުރުކުރުމާއެކު، މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަސް އުޅަނދުފަހަރުގައި ލޮނުފެން ގަނޑުކޮށްގެން މަސް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ފަދަ އިތުރު މަސައްކަތްތައްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. 

އަދި މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މަސްވެރިންނަށް މަސް ކިރުވާތާ 48 ގަޑިއިރު ތެރޭ ފައިސާ ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާއިރު، ރައީސް ޑރ.މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ކަޅުބިލަމަސް ކިލޯއެއް 20 ރުފިޔާގެ މަގުން ގަންނަން ފަށާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު