ENGLISH

21 އޭޕްރީލު 2025

Advertisement

މައްސަލަތައް ޙައްލުކޮށް އަލުން ޑޮމެއިން ދޫކުރަން ފަށައިފި

26 ޑިސެމްބަރު 2024

|

ޝަރާ އަބްދުﷲ

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ މިނިސްޓަރު މުޙައްމަދު އަމީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި

ޑޮމެއިންއާ ގުޅޭ މައްސަލަތަކެއް ފެންމަތިވުމުގެ ސަބަބުން ޑޮމެއިންގެ ޚިދުމަތް ދިނުން މެދުކަނޑާލުމަށްފަހު އަނެއްކާވެސް އެ ޚިދުމަތް ރައްޔިތުންނަށް ދޭން ފަށާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު އަމީން މިހެން ވިދާޅުވީ އަލަށް ޑޮމެއިންގެ ޚިދުމަތް ފެށުމާއެކު އެންމެ ފުރަތަމަ ހަވާލުކުރާ ޑޮމެއިން ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ކުރީގައި ހަވާލުކުރެވޭ ޑޮމެއިން ޔެލޯ ސްލިޕްއާ ޚިލާފަށް މިހާރު ހަވާލުކުރެވޭ މި ސެޓްފިކެޓާއި ރަޖިސްޓްރީ އަކީ ސެކިއުރިޓީ ވަރުގަދަ އަދި ވަކި ސިސްޓަމެއްގެ ތެރޭގައި ޑުޕްލިކޭޓް ނުކުރެވޭނެ ފެންވަރަށް ތައްޔާރުކުރެވިފައިވާ ލިޔުންތަކެއް ކަމަށާއި މިއީ ޑޮމެއިން ގެންގުޅުއްވާ ފަރާތްތަކަށްވެސް ލިބިގެންދާނެ ރައްކާތެރިކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މުޅިން އައު ޑޮމެއިންތައް ދޫކުރަން އަދި ނުފަށާ ކަމަށާއި މިހާރު ކުރަމުން މިދާ ކަމަކީ ކުރިން ހުރި ޑޮމެއިންތައް ރައްކާތެރިކޮށް ލީގަލައިޒްކުރުމުގެ މަސައްކަތް ކަމަށެވެ. އާންމުންނަށް ޑޮމެއިން ދޫކުރުމަށް ހުޅުވައިލާނީ އޯޕެން ބިޑިންގ ސިސްޓަމެއްގެ ތެރެއިން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ފުރަތަމަ ޑޮމެއިން ސެޓްފިކެޓް ލިބުނު ފަރާތުން ވިދާޅުވީ މިއީ ލިބުނު ބޮޑު ފަޚުރެއް ކަމަށާއި ފަސޭހައިން މިފަދަ ޚިދުމަތްތައް ކޮންމެ ރައްޔިތަކަށް ވެސް ލިބެންޖެހޭނެކަމަށެވެ.

ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޑޮމެއިން ރިޕްލޭސްމެންޓްއަށް ހުޅުވައިލާފައިވާއިރު މިހާތަނަށް 600 އަށްވުރެ ގިނަ ފަރާތުން މި ޚިދުމަތަށް އެދި ހުށަހަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު