ENGLISH
21 އޭޕްރީލު 2025
އެމްއެންޑީއެފުން ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ
26 ޑިސެމްބަރު 2024
|
މާލޭގައި ހަވާ އަރުވަނީ --- ފޮޓޯ: ގޫގުލް
އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ފަރިތަކުރުންތަކެއްގައި ސިފައިން މިރޭ ހުޅުމާލޭގައި ހަވާއެރުވުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ،އައު އަހަރުގެ ފެށޭ ރޭ ހަވާ އެރުވުމަށް ތައްޔާރުވުމުގެ ގޮތުން ސިފްކޯއިން ކުރިއަށްގެންދާ ފަރިތަކުރުންތަކެއްގައި، ހުޅުމާލެ ފޭސް 3 ގައި ހަވާއެރުވުމަށް ނިންމާފައިވާކަމަށެވެ. ހަވާއެރުވުމުގެ ހަރަކާތް ކުރިއަށްދާނީ 20:00 ހާއިރުކަމަށް ސިފައިން ބުންޏެވެ. އަދި މި ފަރިތަކުރުންތަކުގައި، ދެ މިނެޓްގެ ތިން ޝޯވްއެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ރާއްޖޭގައި ހަވާއެރުވުމުގެ ކަންކަން ކުރަނީ ޤައުމީ ދިފާއީބާރުންނެވެ.