ENGLISH

21 އޭޕްރީލު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، އަޒަރުބައިޖާނުގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

26 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

އަޒަރުބައިޖާންގެ އަކްތާއު ކައިރިއަށް މަތިންދާ ބޯޓެއް ވެއްޓުނު ހިތާމަވެރި ހާދިސާއާ ގުޅިގެން އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަޒަރުބައިޖާނުގެ ރައީސް އިލްހާމް ހެއިދަރު އޮގްލޫ އަލިޔެވް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެ ޤައުމުގެ ހުޅަނގު ދެކުނުން އޮންނަ އަކްޓައޫ ސިޓީއަކަށް މަތިންދާބޯޓެއް ވެއްޓި، އެތައް ބަޔަކު މަރުވެ، އަދި އެތައް ބަޔަކު ޒަހަމްވި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެ، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބަށް އެދިވަޑައިގަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އަދި އަޒަރުބައިޖާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަކިން ޚާއްޞަކޮށް މި ހާދިސާއަށްފަހު ސަލާމަތްވި މީހުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވައި، މި ހާދިސާގައި މަރުވި މީހުންނަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

އަޒަރުބައިޖާން ވެރިރަށް ބާކޫއިން ރަޝިއާގެ ގްރޯޒްނީއަށް ދަތުރުކުރަމުންދިޔަ މަތިންދާ ބޯޓު ވެއްޓުނީ ކަޒަކިސްތާނުގެ އަކްތާއޫ އެއާޕޯޓު ރަންވޭ މައްޗަށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މަތިންދާ ބޯޓުގައި 105 ފަސެންޖަރުންނާއި ފަސް ކްރޫ މެމްބަރުން ދަތުރު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު