ENGLISH

21 އޭޕްރީލު 2025

Advertisement

ތުއްތު ކުދިންގެ" ޗައިލްޑް ހެލްތު ރެކޯޑް" ފޮތުގެ ގިނަ މަޢުލޫމާތު ޑިޖިޓަލްކޮށްފި

25 ޑިސެމްބަރު 2024

|

އަހުމަދު ސައީދު

ހ. މީރުމާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެގައި "މޯލްޑިވްސް އިންޓެގްރޭޓެޑް ހެލްތު އިންފޮރމޭޝަން ސިސްޓަމް" (މިހިސް) ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިފްތިތާޙް ކޮށްދެއްވަނީ. --ފޮޓޯ: ހެލްތު މިނިސްޓްރީ

"މޯލްޑިވްސް އިންޓެގްރޭޓެޑް ހެލްތު އިންފޮރމޭޝަން ސިސްޓަމް" (މިހިސް) ގެ ޕަބްލިކް ޕޯޓަލް އިފްތިތާޙްކުރައްވައިފިއެވެ.

ހ. މީރުމާގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެގައި މި ޕޯޓަލް އިފްތިތާޙް ކޮށްދެއްވީ ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމްއެވެ.

"މިހިސް" ގާއިމުކުރުމުގެ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާގައި މައުލޫމާތު އެއްކުރުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކުގައި ހިމެނޭ މައުލޫމާތު އެއްހަމަކޮށް، ޞިއްހީ މައުލޫމާތު އެއްތަނަކުން ފޯރުކޮށްދިނުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ. މި ޕޯޓަލްގެ މަޤްޞަދަކީ ޢާންމުންނަށް މުހިއްމު ސިއްޙީ މައުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި ރައްކާތެރިކަމާ އެކު އަދި ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

މި ޕޯޓަލްގައި 1 ޖެނުއަރީ 2025 އިން ފެށިގެން އުފަންވާ ތުއްތު ކުދިންގެ ވެކްސިން ކާޑުގައި ހުންނަ މައުލޫމާތު ފެންނަން ހުންނާނެއެވެ. އެގޮތުން ޑިޖިޓަލް ވެކްސިނޭޝަން ކާޑާއި، ހެދި ބޮޑުވުމުގެ ޗާރޓާއި ހެދިބޮޑުވަމުންދާ މިންވަރު ދެނެގަނެވޭނެ ހަރުފަތްތަކާއި ކުއްޖާއަށް ދޭ ވިޓަމިން އޭ އަދި ފަނިބޭހުގެ މައުލޫމާތު ބެލެނިވެރިންނަށް މި ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ. މީގެ އިތުރުން ހެދިބޮޑުވަމުންދާ މިންވަރު މޮނިޓަރކޮށް، ވެކްސިން ޖަހަންޖެހޭ ދުވަސް ކައިރިވުމުން ބެލެނިވެރިންނަށް ހަނދާންކޮށްދިނުމަށް މި ސިސްޓަމް މެދުވެރިކޮށް ނޮޓިފިކޭޝަން ލިބިގެންދާނެއެވެ.

މީގެ އިތުރުން، ޕްރައިމަރީ ހެލްތު ކެއަރ މޮޑިއުލް ރޯލްއައުޓް ކުރަމުންދާ އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެފަރާތެއްގެ މައުލޫމާތު މި ޕަބްލިކް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ. އަދި މީގެ އިތުރުން ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމްގައި އެންރޯލްވެފައިވާ ފަރާތްތަކުގެ ތެރެއިން ފޮލޯއަޕް ހަދަންޖެހޭ ފަރާތްތަކަށް ޑޮކްޓަރަށް ދައްކަންޖެހޭ ދުވަސް ކައިރިވުމުން ނޮޓިފިކޭޝަނެއް ލިބިގެންދާނެއެވެ. ކުރިމަގުގައި މި ޕޯޓަލް އިތުރަށް ފުޅާކޮށް، އާންމު ޞިއްޙަތާއި ގުޅުން ހުރި މައުލޫމާތުތަކުގެ އިތުރުން ޑޮކްޓަރަށް ދައްކައިގެން ހޯދަމުންދާ ފަރުވާ އާއި ޑައިގްނޯސްޓިކްސް ޓެސްޓުތަކުގެ ނަތީޖާތައް ވެސް ފެންނަން ހުންނާނެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން، ރާއްޖޭގައި ހުންނަ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އިސްވެރިން ވެސް ބައިވެރިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު