ENGLISH

26 ޖޫން 2026

Advertisement

މަގުތައް ބޭނުންކުރުން ފަސޭހައަށް ޕާކުކުރާ އުސޫލަށް މުހިންމު ބަދަލުތަކެއް ގެންނަނީ

26 ޖޫން 2026

|

އަޙުމަދު ޙަމީދު

މިރޭގެ ޕްރަގްރާމްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ --

މަގުތައް ބޭނުންކުރުން ފަސޭހައަށް ޕާކުކުރާ އުސޫލަށް މުހިންމު ބަދަލުތަކެއް ގެންނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ޕޮޑްކާސްޓް "ނޭޝަން ޗެޓް"ގެ ދެ ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕާކިން މައްސަލަ ހައްލުކޮށް މަގުތަކަކީ އެންމެންނަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ތަންތަނަށް ހެދުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން ކަންމަތިތަކުގައި ޕާކުނުކުރެވޭ ގޮތަށް ރޮނގު ދަމާ އެގޮތަށް ޕާކުކުރުން ހުއްޓުވުން މުހިންމު ކަމަށެވެ. އަދި ހަނިމަގުތަކުގައި ޕާކިން ކުރާ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ގެތަކުގެ ކުރިމަތީ ދަތިވާ ގޮތަށް ޕާކުކުރުން ހުއްޓުވަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަގުތަކަށް އެ ބަދަލުތައް ގެނެސް ޕާކުކުރުން މަނާކަން އަންގައިދޭ ރޮނގުތައް ދެމުމަކީ ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން އެކަންކަމަށް އެއްބާރުލުން ލިބޭނެެހެން ހީނުވާ ކަމުގައި ވިދާޅުވި އެވެ.

އެހެން ނަމަވެސް ސަރުކާރުން މަސައްކަތް ކުރާނީ ސިޓީ ކައުންސިލާއި ގުޅިގެން އެ ބަދަލުތައް ގެނެވޭތޯ ކަމަށާ އެކަން ނުވެއްޖެނަމަ އެހެން ގޮތްތަކެއް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ފައިސާ ދައްކައިގެން ޕާކުކުރެވޭނެ ތަންތަން ހެދުމަކީ ވެސް އަމާޒެއް ކަމަށެވެ. އަދި ވިދާޅުވީ މުޅި މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު