ENGLISH
21 އޭޕްރީލު 2025
ސިޓީސް މިނިސްޓްރީގައި ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނޯންނާނެ: މިނިސްޓަރ އާދަމް ޝަރީފް
25 ޑިސެމްބަރު 2024
|
މިނިސްޓަރ އާދަމް ޝަރީފް-ފޮޓޯ: ސިޓީސް މިނިސްޓްރީ
މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ތެރެއިން ކޮރަޕްޝަނާއި ފަސާދަޔަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އަދި މިކަހަލަ ކަމަކާ ގުޅުންހުރި އެއްވެސް ނިޝާނެއް ފާހަގަ ކުރެވިއްޖެ ނަމަ ވަޤުތުން މިނިސްޓަރަށް ރިޕޯޓުކުރެއްވުމަށާއި އެފަދަ ކަންކަމުގެ މަޢުލޫމާތު ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި އޭސީސީއާ ހިއްސާ ކުރެއްވުމަށް ވެސް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.
މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާ މިއަދު ހެނދު ބައްދަލު ކުރައްވައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްތަކާ ގުޅިގެން އެމަނިކުފާނުގެ އިރުޝާދާ އެކުު މިނިސްޓްރީގެ މުވައްޒަފުން ވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މިނިސްޓަރ އާދަމް ޝަރީފް މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ސިޓީސް މިނިސްޓްރީ
މި ބައްދަލުވުމުގައ މިނިސްޓްރީގެ މުވައްޒަފުން ވަނީ ކޮރަޕްޝަނާ ދެކޮޅަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ހިތްވަރުގަދަ މަސައްކަތްތައް ފާހަގަކޮށް އެމަނިކުފާނަށް ޝުކުރު އަދާކޮށްފައެވެ.
ރައީސް ޑރ. މުޢިއްޒު ފާހަގަ ކުރެވިފައިވަނީ ރާއްޖޭގެ ތާރީޚުގައި ކޮރަޕްޝަނާ ދެކޮޅަށް އެންމެ މުހިންމު ފިޔަވަޅުތައް އެޅުއްވި ރައީސްގެ ގޮތުގައެވެ.