ENGLISH
21 އޭޕްރީލު 2025
އެޗްޑީސީން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދެއްވައިފި
25 ޑިސެމްބަރު 2024
|
އެޗްޑީސީ އޮފީހުގެ ބޭރުން ނަގައިފައިވާ ފޮޓޯއެއް.. ފޮޓޯ: އެމްއެމްޓީވީ
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޤަވައިދާ ޚިލާފަށް ހުޅުމާލެއިން ގޯތި ދިން މައްސަލައެއް ފެންމަތިވެ އެޗްޑީސީގެ ވަޒީފާ އިން ވަކިކުރި 15 މުވައްޒަފުންގެ ވަޒީފާ އިއާދަކޮށްދެއްވައިފި އެވެ.
އެ މީހުންނަށް އަލުން ވަޒީފާ ދެއްވި ނަމަވެސް ތިބީ ސަސްޕެންޝަނުގައެވެ.
އެޗްޑީސީން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވި ގޮތުގައި އެ ކުންފުނީގެ އިސް މެނޭޖްމަންޓުގައި ހިމެނޭ ބައެއް މުވައްޒަފުންނާ އެކު، ވަކިކުރި އެންމެންނަށް އަލުން ވަޒީފާ ދީފައިވާ ކަމަށެވެ. ވަޒީފާ ދިން މީހުން ސަސްޕެންޝަނުގައި ތިބި ނަމަވެސް މިހާރު ބަލަމުންދާ ކަންކަމާ ގުޅުން ނެތް މުވައްޒަފުންގެ ސަސްޕެންޝަން އުވާލަމުންދާނެ ކަމަށް ވެސް އެޗްޑީސީން ވިދާޅުވިއެވެ.
އަލުން ވަޒީފާ އަށް ނެގި މުވައްޒަފުންގެ ތެރޭގައި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން ވެސް ހިމެނެއެވެ.
'ބިންވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލޭން، އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުގެ ބޭބެއަށް ނުހައްޤުން ބިމެއް ދިން ކަމަށް ބުނާ މައްސަލައަކާއި، ހުޅުމާލެ އިން ނުއަގުގައި ބިންތަކެއް ވިއްކުމާއި ވިނަރެސް ފްލެޓު ދިނުމުގެ މައްސަލަތަކެއް ވެސް ވަނީ ބަލަން ފަށައިފައެވެ.
އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ފަޒުލް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ވަނިކޮށް މިދިޔަ ހޮނިހިރު ދުވަހު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި، އެ މަގާމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މުހައްމަދު މައުރޫފް ޖަމީލް ވަނީ އައްޔަންކުރައްވައިފަ އެވެ.