ENGLISH
21 އޭޕްރީލު 2025
ޑްރަގް އޭޖެންސީގެ ޓެކްނިކަލް ކޮމެޓީ އެކުލަވާލައިފި
25 ޑިސެމްބަރު 2024
|
ޑްރަގް އޭޖެންސީގެ ޓެކްނިކަލް ކޮމެޓީގެ ބައެއް މެމްބަރުން
ނޭޝަނަލް ޑްރަގް އޭޖެންސީގެ ޓެކްނިކަލް ކޮމެޓީއެއް އެކުލަވައިލައިފިއެވެ.
އެންޑީއޭއިން ވިދާޅުވީ އެ އޭޖެންސީން ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލައި، ކުރިއަށް އޮތް މުއްދަތުގައި ސަބް ކޮމިޓީއެއް އުފެއްދުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. މި ސަބް ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ޤައުމީ ފެންވަރުގައި މަސްތުވާތަކެތީގެ ޑިމާންޑް މަދުކުރުމާއި، އޭގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމާއި، އަދި މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.
މީގެ އިތުރުން، މިއަދުން ފެށިގެން ހުރިހާ ޓެކްނިކަލް ނިންމުންތަކެއް ނިންމުމުގެ ޒިންމާ ހަވާލުކުރެވިފައިވަނީ މި އަލަށް އެކުލަވާލެވުނު ޓެކްނިކަލް ކޮމިޓީއާ ކަމަށްވެސް އެންޑީއޭއިން ފާހަގަކުރެއްވިއެވެ.
އަލަށް އެކުލަވާލި ޓެކްނިކަލް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
1. ޢަބްދުالله ފަސީޙް / ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ( ޗެއަރޕާސަން )
2. ޝަމާ ނަސީރް / ކައުންސިލަރ ( ވައިސް ޗެއަރޕާސަން )
3. މަރިޔަމް އަސްރާ / ޑިރެކްޓަރ
4. ޢާއިޝަތ ޝިއުނާ / އެސިސްޓެންޓް ޑިރެކްޓަރ
5. އަލީ ރިޔާޒު / އެސިސްޓެންޓް ޑިރެކްޓަރ
6. ފާތިމަތ ސާނިހާ ސޯލިޙް / އެސިސްޓެންޓް ޑިރެކްޓަރ
7. އަޙްމަދު ހިލްމީ / ލީގަލް އޮފިސަރ
8. ހައްވާ އަޤުލާ އަޙްމަދު / ސީނިއާރ ޕްރޮގްރާމް ކޯޑިނޭޓަރ
9. މަރިޔަމް އާދަމް / ޕްރޮގްރާމް އޮފިސަރ
10. އަޙްމަދު ފިރާޤް / އެސިސްޓެންޓް ކައުންސިލަރ
11. އާމިނަތު ރިޔާޒާ / އެސިސްޓެންޓް ކައުންސިލަރ
މި ކޮމެޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި އެންޑީއޭއިން ޑްރަގު ކޯޓަށް ލަފާދިނުން ހިމެނެއެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތައް ޑްރަގް ކޯޓުން ބެލުމުގައާއި އެފަދަ މައްސަލަތަކުގައި އަދަބު ކަނޑައެޅުމުގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާގެ ޕްރޮގްރާމުތައް ކަނޑައެޅުމުގަ ޑްރަގް ކޯޓަށް ބޭނުންވާ ލަފާ އެންޑީއޭގެ ފަރާތުން މި ޓެކްނިކަލް ކޮމެޓީއިން ދޭނެއެވެ.
އަދި ޑްރަގް ކޯޓަށް ލަފާދިނުމަށްޓަކައި މެދުކެނޑުމެއްނެތި ފަންނީ ޓީމުތަކެއްގެ ޚިދުމަތް ޑްރަގް ކޯޓަށް ލިބެނޭ އިންތިޒާމު އެމްޑީއޭގެ މި ކޮމެޓީއިން ހަމަޖައްސާނެއެވެ. މީގެ އިތުރުން އަހަރަކު އެއް ފަހަރު ހުށަހެޅޭ މައްސަލަތަކުގެ ތަފްސީލް، މައްސަލަތައް ނިމުނު ގޮތްތަކާއި މައްސަލަތަކުގެ ބާވަތްތަކާއި ފަރުވާއަށް ފޮނުވުނު މީހުންގެ ތަފްސީލް އަދި ފަރުވާ ފުރިހަމަކުރި މީހުންގެ ތަފްސީލް ހިމެނޭ ރިޕޯޓެއް އެކުލަވާލުމަށް ފަހު ނެޝެނަލް ޑްރަގް ކައުންސިލަށް މި ކޮމެޓީއިން ހުށަހަޅަން ޖެހޭނެއެވެ.
ހަމައެހެންމެ މައްސަލަ ނިމުމަށް ހޭދަވި ވަގުތާއި އިދާރީ ގޮތުން ހުރި ދަތިތައްވެސް ޝެނަލް ޑްރަގް ކައުންސިލަށް މިކޮމެޓީއިން ވަނީ ހުށަހަޅަން ޖެހޭ ގޮތަށް ނިންމާފައެވެ.