ENGLISH

21 އޭޕްރީލު 2025

Advertisement

ޒަކާތު ފަންޑަށް މި އަހަރު 100 މިލިއަން ރުފިޔާ ލިބޭނެ: މިނިސްޓަރ ޝަހީމް

25 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

މިނިސްޓަރ ޝަހީމް

އަމާޒަކީ ޒަކާތު ފަންޑަށް އަހަރަކު މަދުވެގެން 100 މިލިއަން ރުފިޔާ އިތުރުކުރުން ކަމަށާއި މި އަހަރު އެކަން ވާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހަައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް ޒަކާތު ފަންޑަށް ފައިސާ ލިބުނު އަހަރު ކަމަށެވެ.

އަދި އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ އަހަރަކު މަދުވެގެން 100 މިލިއަން ރުފިޔާ ޒަކާތު ފަންޑަށް ހޯދުން ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ޒަކާތު ފަންޑަށް ލިބުނު އަދަދު އިތުރުވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޒަކާތަށް ޚާއްސަ އިދާރާއެއް އުފެެއްދުމުގެ ހެޔޮ ނަތީޖާ އެވެ.

ޒަކާތު ފަންޑުގެ މައިގަނޑު ބޭނުމަކީ ޝަރުޢީ އަސާސްގެ އަލީގައި ޒަކާތުގެ ހައްގުވެރިންނަށް ފުޅާ ދާއިރާއެއްގައި އެހީތެރިވުމެވެ. މިހާރުވެސް އެ ފަންޑުން ދަނީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު