ENGLISH
21 ޖުލައި 2026
މާދަމާ ރޭ "ސުޕަރ ނިއު މޫން" އެއް ފެންނާނެ
14 ޖޫން 2026
|
ސުޕަރ ނިއު މޫން-- ފޮޓޯ: ސްޕޭސް
އެންމެ މަޤްބޫލު
މި އަހަރުގެ ޖޫން މަހަކީ ފަލަކީ އިލްމަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ މަހަކަށް ވެގެންދާނެއެވެ. މި މަހުގެ ތެރޭގައި "ސުޕަރ ނިއު މޫން" ނުވަތަ ބޮޑު އައު ހަނދެއް ފެންނާނެ ކަމަށް ބައިނަލްއަގުވާމީ ފަލަކީ ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އެގޮތުން މިހަނދު ފެންނާނެ ކަމަށް ބުނެފައިވަނީ މާދާމާ ރެއެވެ. މޫސުން ރަނގަޅުނަމަ ރާއްޖެއަށްވެސް މި "ސުޕަރ ނިއު މޫން" ފެންނާނެއެވެ.
މި ހާދިސާއަކީ އާންމުކޮށް ފެންނަ "ސުޕަރ މޫން" ތަކާ ހިލާފަށް، ރޭގަނޑުގެ އުޑުމަތިން އަލިގަދަކޮށް ފެންނާނެ ހަނދެއް ނޫނެވެ. އާންމުކޮށް ސުޕަރ މޫން ފެންނަނީ ހަނދު ފުރިހަމަވެ، އާދަޔާ ހިލާފަށް ބޮޑުކޮށް އަދި އަލިގަދަކޮށް ހުންނަ ވަގުތުގައެވެ. އެހެންނަމަވެސް "ސުޕަރ ނިއު މޫން" އަކީ ހަނދު އޭގެ "ނިއު މޫން" ނުވަތަ ހަނދު މަސް ފެށޭ މަރުހަލާގައި ބިމާ އެންމެ ކައިރިއަށް އަންނަ ވަގުތެވެ. މި ވަގުތު ހަނދު އިންނާނީ ބިމާއި އިރާ ދެމެދުގައެވެ. އެހެންކަމުން ހަނދުގެ އަލިވާ ފަރާތް ހުންނާނީ ދުނިޔެއާ އިދިކޮޅަށް ކަމުން، ދުނިޔެއަށް ހަނދު ފެންނާނީ ވަރަށް ކުޑަކޮށް ނުވަތަ ނުފެންނަ ފަދަ ގޮތަކަށެވެ.
"ސުޕަރ މޫން" އެއް ކަމަށް ބަލަނީ، ހަނދު އޭގެ ދައުރުގައި ބިމާ އެންމެ ކައިރިވާ ހިސާބުގައި ހުންނަ ވަގުތު، ހަނދު މަސް ފެށޭ ދުވަހާ ނުވަތަ ހަނދު ފުރޭ ދުވަހާ ދިމާވުމުންނެވެ.
"ސުޕަރ މޫން" މި ލަފުޒަކީ 1979 ވަނަ އަހަރު އެސްޓްރޮލޮޖަރ ރިޗަޑް ނޯލް އުފެއްދި ނަމެކެވެ. މިއީ ފަލަކީ އިލްމުގެ ރަސްމީ ލަފުޒެއް ނޫން ނަމަވެސް، މިހާރު މިއީ އާންމުކޮށް މިފަދަ ހާދިސާތަކަށް ކިޔައިއުޅޭ ނަމެކެވެ.
"ޓައިމް އެންޑް ޑޭޓް" ވެބްސައިޓުން ހާމަކޮށްފައިވާ ގޮތުގައި، 2026 ޖޫން މަހުގެ މި ސުޕަރ ނިއު މޫން އަކީ ހަނދުގެ މަހުން މަހަށް ހިނގާ ގުދުރަތީ ބަދަލުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު ހާދިސާއެކެވެ. އުޑުމަތިން ފެންނަން ނެތް ނަމަވެސް، މިއީ މި އަހަރުގެ ތެރޭގައި ހަނދު ބިމާ އެންމެ ކައިރިވާނެ އެއް ފަހަރުކަމަށް ވެބްސައިޓްގައި ބުނެފައިވެއެވެ.