ENGLISH
10 ޖޫން 2026
ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
10 ޖޫން 2026
|
ކުރިން ކަސްޓަމްސްއިން އަތުލައިގެން މަސްތުވަތަކެތި.
އެންމެ މަޤްބޫލު
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 8 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ، މި ތަކެތި އަތުލައިގަނެފައި ވަނީ އިއްޔެ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަނުގައި ކަސްޓަމްސްއިން އަތުލައިގަތީ 8490 ގްރާމްގެ ހަޝިޝް އޮއިލްއެވެ. މިތަކެތީގެ މަގުމަތީގެ އަގު ހަ މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރުކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށާއި، ތަހުގީގު ކުރިއަށް ގެންދިއުމަށް އަތުލައިގަތް މަސްތުވާތަކެއްޗާއި އެތަކެތި އެތެރެކުރި މީހާ މިހާރު ދިވެހި ފުލުހުންގެ ހިދުމަތާ ވަނީ ހަވާލުކޮށްފައެވެ.
މިއީ މިފަހުން އަތުލައިގެން މަސްތުވާތަކެތީގެ ބޮޑު ސިޕްމެންޓެކެވެ.