ENGLISH
10 ޖޫން 2026
ޕީއެންސީގައި ތިބީ ގައުމަށް ވަފާތެރިން، ފެންވަރު މަތިވެގެން އުޅެން ބޭނުންވާ ބައެއް ނޫން: ސަލީމް
10 ޖޫން 2026
|
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
އެންމެ މަޤްބޫލު
ކޮންގްރެސް ޕާޓީގައި ތިއްބެވީ ގައުމަށް ވަފާތެރިންކަމަށާއި، މަގާމުތަކުގައި އެ ޕާޓީ ތަމްސީލުކުރައްވާ މެމްބަރުންނަކީ ފެންވަރު މަތިވެގެން އުޅެން ބޭނުންވާ ބައެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ރޭ ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ސަލީމް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ބޭނުންފުޅު ނުވާ ކަމަށާއި އެ މަގާމާ ހަވާލުވެވަޑައިގަތީ ޕާޓީގެ ހާލަތާއި މަސްލަހަތާއި އެކުވެރިކަމާއި ޕާޓީގެ ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމުގެ ބޭނުމުގައި ކަމަށެވެ.
އަދި އަމިއްލަ މަސްލަތަކަށްވުރެ ގައުމީ މަސްލަހަތު މާ މުހިންމުކަމަށް ސަލީމް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ދައުލަތުން ކާރާއި ސެކިއުރިޓީ ހަމަޖައްސައިދިނުމަށް ނޭދޭ ކަމަށް ވެސް ސަލީމް ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.
"އަޅުގަނޑު ބުނިން ހަވާލެއް ނުވާނަމޭ. އަޅުގަނޑު މިހާރު ވެސް ދާގޮތަށް މީހެއްގެ ސައިކަލް ފަހަތުގައޭ ދާނީ. އެހެންވީމަ އަޅުގަނޑަކީ މާ މަތީ ފެންވަރުގައި އުޅެން ބޭނުންވާ މީހެއް ނޫން. ދެން އެންގީ ސެކިއުރިޓީ ކޮންމެހެން ވެސް ހޯދަން ޖެހޭ އެއްޗެއް ކަމަށް. އަޅުގަނޑު ދަންނަވައިފިން އަޅުގަނޑުގެ ސެކިއުރިޓީ ހެއްދެވި ފަރާތާ ހަވާލުކޮށްފީމޭ. އިތުރަކަށް ސެކިއުރިޓީއެއް ބޭނުމެއް ނޫނޭ،". ސަލީމް ވިދާޅުވިއެވެ.
މިފަހުން ސިއްހީ ހާލު ހުރިގޮތުން ގިނަ ވަގުތު މަސައްކަތްޕުޅުގައި ނޫޅުއްވޭތީ ގާބިލު އެހެން ބޭފުޅަކަށް މަގާމު ދެއްވުމުގެ ގޮތުން ސަރުކާރުގެ މާލީ ވަޒީރުކަމުގެ މަގާމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވުމުން ވެސް އެކަން އެނގޭ ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ ޕީއެންސީގައި ތިއްބެވީ ގައުމަށް އިހްލާސްތެރި، ވަފާތެރި ބޭފުޅުންކަމަށެވެ.
"އޭގެ މާނައަކީ އަޅުގަނޑުމެންގެ ތެރާގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީވެސް އެފަދަ ބޭފުޅުންނޭ، ގައުމަށް އިހުލާސްތެރި، ވަފާތެރި ބޭފުޅުންނޭ. މާ ފެންވަރު މަތިވެގެން އުޅެން ބޭނުންވާ ބައެއް ނޫނޭ،". ސަލީމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމަށް ސަލީމް އައްޔަނުކުރެއްވީ މި މަހުގެ ފުރަތަމަ ދުވަހު 62 މެމްބަރުންގެ ވޯޓާ އެކުގައެވެ.