ENGLISH

10 ޖޫން 2026

Advertisement

"މިއީ ފެށުމެއް، ރާއްޖެއާއި ޖަޕާނުގެ ދިފާއީ ގުޅުން އެހެން ހަރުފަތަކަށް ގެންދެވޭނެ"

10 ޖޫން 2026

|

އައިމިނަތު ޝަފާ

ދެ ގައުމަށް މަންފާ ވާނެގޮތަށް ޖަޕާނާއި ރާއްޖޭގެ ދިފާއީ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތައް މިއަދު ރަސްމީކޮށް ފެށިފައިވާކަމަށާއި މުސަތަގުބަލުގައި މި ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށް ޖަޕާނުގެ ދިފާއީ ވުޒާރާ ސްޓޭޓް މިނިސްޓަރު މަސަހިސާ މިޔަޒާކީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފް އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތާއި ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ސްޓޭޓް މިނިސްޓަރު ވިދާޅުވީ ދިމާވާ ހާލަތްތަކުގައި ޖަޕާނުގެ އަސްކަރިއްޔާގެ މަތިންދާބޯޓުތައް ތައްޔާރީ ހާލަތުގައި ބޭއްވުމަށް ދިވެހިރާއްޖެއިން ދީފައިވާ އެއްބާރުލުން ފާހަގަކުރާ ކަމަށެވެ. އަދި ޖަޕާނާއި ދިވެހިރާއްޖެއަށްވެސް ފައިދާކުރަނިވި ގޮތެއްގައި ދިފާއީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރާނެކަން ފާހަގަކޮށް މިއީ އެކަމުގެ ފެށުން ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތްގުޅުމަށް 2027 ވަނަ އަހަރު 60 އަހަރު ފުރޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު