ENGLISH

07 ޖޫން 2026

Advertisement

މާލެއިން ހަތަރު ތަނެއް ބަލައިފާސްކޮށް އެއް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

07 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން-

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން މާލޭގެ ހަތަރު ތަނެއް ބަލައި ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މާލޭގައި ގަވާއިދާ ޚިލާފަށް ހިންގަމުންދާ ޓޭކްއަވޭ ކެފޭތައް ބަލައި 6 ބިދޭސީއަކު ބަލައި ފާސްކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 

އިމިގްރޭޝަނުން މި އަހަރާއި މިދިޔަ އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ.

މި މައްސަލަތަކާއި ގުޅިގެން ބަންދުކުރެވޭ ފަރާތްތައް އެމީހުންގެ ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ކުރަމުން އަންނަ މި މަސައްކަތަކީ ރާއްޖޭގައި އެތައް އަހަރެއް ވަންދެން ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު