ENGLISH

07 ޖޫން 2026

Advertisement

"ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ބޭނުންކޮށްގެން ވެސް އެއްވެސް ހުރަހެއްނެތި ބައިނަލްއަޤްވާމީ ދަތުރުތައް ކުރެވޭނެ"

07 ޖޫން 2026

|

އައިމިނަތު ޝަފާ

އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތް ދެނީ.

ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ބޭނުންކޮށްގެން ވެސް އެއްވެސް ހުރަހެއްނެތި ބައިނަލްއަޤްވާމީ ދަތުރުތައް ކުރެވޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. 

އިމިގްރޭޝަނުން މިފަދައިން ބުނީ ދިވެހި "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓްކުރުމަށް ބޭނުންކުރާ "ޕާސްޕޯޓު ބުކްލެޓް" ގެ ސްޓޮކް ދިވެހިރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވުމާ ގުޅިގެން ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރަމުން އަންނަ އައުމާ ގުޅިގެން "އެމްއެމްޓީވީ"އަށް މައުލޫމާތު ދެމުންނެވެ. 

އިމިގްރޭޝަނުން ބުނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ބޭނުންކޮށްގެން ވެސް އެއްވެސް ހުރަހެއްނެތި ބައިނަލްއަޤްވާމީ ދަތުރުތައް ކުރެވޭނެކަމަށާއި ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުވެސް ފަސް އަހަަރަށް ލިބޭނެކަމަށެވެ. އާންމުކޮށް އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓެއް ހެއްދުމަށް 1,000 ރުފިޔާގެ ފީއެއް ނަގާއިރު، މިހާރު ދޫކުރަމުންދާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 600 ރުފިޔާއެވެ.

މިހާރު ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރަމުން އައި ނަމަވެސް މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް ސްޓޮކް ގެނެސް ހިދުމަތް އާންމު ހާލަތަކަށް ގެނައުމަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މިވަގުތު ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހަދާ ފަރާތްތަކުން، އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް ލިބުމުން އެ ޕާސްޕޯޓު ހެއްދުމަށް ބޭނުންވާނަމަ، ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން "ކެންސަލޭޝަން ފީ" ނެގުމަކާ ނުލާ، ޕާސްޕޯޓު ހެއްދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު