ENGLISH
06 ޖޫން 2026
ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން 84 މެޑިކަލް އިވެކުއޭޝަން
06 ޖޫން 2026
|
ކޯސްޓްގާޑު ގެ އުޅަނދެއް.
އެންމެ މަޤްބޫލު
ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ސިއްހީ އަވަސް ފަރުވާ ބޭނުންވި 84 މީހަކު އެއް ރަށުން އަނެއް ރަށަށް އުފުލައިދީ، މެޑިކަލް އިވެކުއޭޝަންގެ ކާމިޔާބު އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވާކަަމަށް ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން ބުނެފިއެވެ.
މިއޮޕަރޭޝަންތަކުގެ ތެރެއިން އެންމެ ގިނަ އިވެކުއޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިންނެވެ. އެގޮތުން ފުރަތަމަ ސްކޮޑްރަންއިން 54 މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފައިވެއެވެ. ސެކަންޑް ސްކޮޑްރަންއިން 10 އިވެކުއޭޝަން ފުރިހަމަކޮށްފައިވާއިރު ތާޑް ސްކޮޑްރަންއިން 16 އިވެކުއޭޝަން އަދި ފޯތު ސްކުއަޑްރަންއިން ހަތަރު އިވެކުއޭޝަން ކުރިއަށްގެންގޮސްފައިވެއެވެ.
ކުއްލި ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބަލިމީހުން ސިއްހީ ފަރުވާ ލިބޭ މަރުކަޒުތަކަށް ގެންގޮސްދިނުމަކީ ކޯސްޓްގާޑުން ގަވާއިދުން ކުރަމުން އަންނަ މަސައްކަތެކެވެ.