ENGLISH

07 ޖޫން 2026

Advertisement

މާފުށީ ބަނދަރު ތަރައްޤީކުރުން؛ ޓައިޕް އޭ ބްރޭކްވޯޓަރ ރީޕްރޮފައިލްކުރުމާއި ކޮނުމުގެ މަސައްކަތް ކުރިއަށް

04 ޖޫން 2026

|

ފާތުމަތު އަދާ

މާފުށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: އެމްޓީސީސީ

މާފުށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު ސައިޓުގައި މިހާރު ކުރިއަށްދަނީ ޓައިޕް އޭ ބްރޭކްވޯޓަރ ރީޕްރޮފައިލްކުރުމާއި ކޮނުމުގެ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސިން ބުނި ގޮތުގައި މަޝްރޫޢުގެ 74 އިންސައްތަ މިހާރު ވަނީ ނިމިފަ އެވެ. 

މި މަޝްރޫޢުގެ ދަށުން، ކުރިން ފުންކޮށްފައިވާ ފަޅުގެ 28,836 ކިއުބިކް މީޓަރުގެ ސަރަޙައްދަކާއި، އައު ހާބަރ ބޭސިންގެ 63,711 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އިތުރުން، ނެރުގެ 4,414 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރެއެވެ. އަދި 31 މީޓަރުގެ ބޭރުތޮށިލުމާއި، 680 މީޓަރުގެ ހިލަ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

މީގެއިތުރުން 700 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 374 މީޓަރުގެ އެއްގަމުތޮށިލުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އެމްޓީސީސީން ފާހަގަކުރިގޮތުގައި ކޮންކްރީޓް ބްރިޖަކާއި ޖެޓީއެއް ހެދުމާއި، 1,869 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި ބަނދަރު ބައްތި ހަރުކުރުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

މި މަޝްރޫޢުގެ މަސައްކަތްކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 76.48 މިލިއަން ރުފިޔާ އަށެވެ. އެއީ، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

މާފުށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު، އެރަށުގައި ސަރުކާރުން ގެންދަނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު