ENGLISH

04 ޖޫން 2026

Advertisement

"ކޫލް ސްކޫލް" މަޝްރޫއުގެ އަމަލީ މަސައްކަތްތައް މި މަހުގެ ނިޔަލަށް ނިމޭނެ: ފެނަކަ އެމްޑީ

04 ޖޫން 2026

|

އާމިނަތު ނުޒްލާ

އަމީނިއްޔާ ސްކޫލް-- ފޮޓޯ: ދިޔަރެސް

ސަރުކާރުން ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢުގެ އަމަލީ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަފީފް ހުސެއިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އަފީފު ވިދާޅުވީ، "ކޫލް ސްކޫލް" ޕްރޮޖެކްޓުގެ މަސައްކަތް ބައެއް ރަށްރަށުގައި ނުނިމި ހުރި ކަމަށެވެ. މަސައްކަތް ނުނިމި ލަސްވީ، ތަކެތި ނުލިބިގެންނާއި ފަންނީ ހުނަރުވެރިން ނުލިބުމުގެ ސަބަބުންނެވެ. އިތުރަށް ވިދާޅުވީ، ލަސްވުމަށް ދިމާވާ އިތުރު ސަބަބުތަކުގެ ތެރޭގައި ޑިސްޓްރިބިއުޝަންތަކަށް ވޮލްޓޭޖް ލިބުން ދަށްވުމާއި، ޑިސްޓިރިބިއުޝަން ފޮށި ނެތުމުގެ ސަބަބުން ސަބް ސްޓޭޝަންވެސް ނެތް ތަންތަން ހުރުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ސްކޫލުތަކަށް ކަރަންޓު އަޅާފައި ހުރި ގޮތުން އިތުރު މީޓަރުތައް ހަރުކުރަން ޖެހުމަކީވެސް، ސްކޫލްތަކުގައި އެއާ ކޮންޑިޝަނަރ ހަރުކުރުން ލަސްވުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި އެމްޑީ ފާހަގަކުރެއްވިއެވެ. 

ފެނަކައިގެ އެމްޑީ އިތުރަށް ފާހަގަކުރެއްވީ، މި މަޝްރޫއަށް ހާއްސަ އިސްކަމެއް ދެއްވައިގެން، ވީ އެންމެ އަވަހަކަށް ނިންމެވުމުގެ މަސައްކަތްކުރައްވަމުން އަންނަ ކަމަށެވެ. މިގޮތުން އެ ކުންފުނީގެ މުވައްޒަފުންނަށް ނުކުރެވޭ މަސައްކަތްތައް، ފަންނީ މުވައްޒަފުން ހޯދައިގެން ކުރަމުން އަންނަ ކަން ފާހަގަކުރެއްވިއެވެ.

މި މަޝްރޫއަކީ ދަރިވަރުން ކުލާހުގައި ކިޔަވަން ތިބޭ ވަގުތުތަކުގައި އިހުސާސް ކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަހައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާއެކު ތައުލީމީ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެގޮތުން ޖޫން މަހުގެ ނިޔަލަށް ނުނިމި ހުރި ހުރިހާ ސްކޫލުތަކުގެ އެއާ ކޮންޑިޝަން މަސައްކަތްތައް ނިންމާލެވޭނެ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު