ENGLISH
21 މޭ 2026
އީދު ބަންދުގައި އައިޖީއެމްއެޗުން ހިދުމަތް ދޭ ގަޑިތައް އިއުލާން ކޮށްފި
21 މޭ 2026
|
އައިޖީއެމްއެޗް ގެ އިމާރާތް--
އެންމެ މަޤްބޫލު
މިއަހަރުގެ އަޟްހާ ޢީދާއި ގުޅިގެން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ހިދުމަތް ދިނުމުގެ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
އެ ހޮސްޕިޓަލް އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި އެ ހޮސްޕިޓަލާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ ތަކާއި އެހެނިހެން ކްލިނިކް ތަކުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 25، 28، އަދި 30 ވަނަ ދުވަހު ކަމަށެވެ.
މީގެ އިތުރުން އިއުލާނުގައި ބުނެފައިވަނީ 24، 26، އަދި 27 ވަނަ ދުވަހު ސްޕެޝަލިސްޓް އޯޕީޑީ ތަކާއި އާއްމު ހިދުމަތްތައްވެސް ބަންދުވާނެ ކަމަށެވެ.
އީދު ބަންދާއި ގުޅިގެން މި ހިދުމަތްތައް މެދު ކެނޑުނު ނަމަވެސް، އައިޕީޑީ އަދި އެމަޖެންސީގެ ފަރުވާގެ ޚިދުމަތްތައް މެދު ކެނޑުމެއްނެތި ދެމުން އަންނާނެ ކަމަށް އައިޖީއެމްއެޗް އިން ބުނެފައިވެ އެވެ.