ENGLISH
19 މޭ 2026
ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އޮޑިޝަން ބުރުގައި 3،053 ބައިވެރިން
19 މޭ 2026
|
ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ތެރެއިން
އެންމެ މަޤްބޫލު
ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވީއިރު އެ މުބާރާތުގައި ބައިވެރިވުމަށް 3،053 ބައިވެރިން ފޯމު ހުށަހަޅާފައިވާކަމަށް އިސްލާމީ ކަންތައްތަކާ އައުގާފާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލީ ރޭ ދަންވަރު 12:00 އާ ހަމައަށެވެ.
ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އޮޑިޝަން ބުރު ކުރިއަށް ގެންދާނީ އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހަށެވެ. މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު 10 ސެޕްޓެމްބަރަށް ތާވަލުކޮށްފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް ބުރު އޮންނާނީ 11 ސެޕްޓެމްބަރުން 19 ސެޕްޓެމްބަރަށް މާލޭގައެވެ.
ޤައުމީ ޤުރްއާން މުބާރާތަށް ބޮޑުބަދަލެއް ގެނެސްފައިވާއިރު، އެ މުބާރާތުގައި ބައިވެރިވާނެ ފަރާތްތައް ހޮވަން ބާއްވާ އޮޑިޝަން ބުރު ބާއްވާނެ ތަންތަން ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން މިހާރު ވަނީ އާއްމުކޮށްފަ އެވެ.
އެ މަރުކަޒުން ބުނެފައިވަނީ، މި އަހަރުގެ މުބާރާތުގެ އޮޑިޝަން ބުރު ކުރިއަށް ގެންދާނީ ރާއްޖޭގެ ފަސް ސިޓީއެއްގެ އިތުރުން 17 ރަށެއްގައި ކަމަށެވެ. މި ރަށްތައް ކަނޑައަޅާފައި ވަނީ ކޮންމެ އަތޮޅަކުން ރަށެއް އަދި ސިޓީތައް ހިމެނޭ ގޮތަށެވެ.
މުބާރާތުގެ އޮޑިޝަން ބުރު ކުރިއަށް ގެންދާ ތަންތައް:
6 އަހަރުން ދަށް
8 އަހަރުން ދަށް
10 އަހަރުން ދަށް
12 އަހަރުން ދަށް
14 އަހަރުން ދަށް
16 އަހަރުން ދަށް
20 އަހަރުން ދަށް
26 އަހަރުން ދަށް
ހާފިޒުންގެ ބައި
މި މުބާރާތުގެ ސެމީ ފައިނަލް ބުރު ކުރިއަށް ދާނީ، އޮޑިޝަނުގެ ކޮންމެ ކެޓަގަރީއަކުން 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 500 ބައިވެރިން ނެވެ.
ފައިނަލް ބުރު ކުރިއަށް ދާނީ ސެމީ ފައިނަލުގެ ކޮންމެ ކެޓަގަރީއަކުން 85 އިންސައްތަ އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިން ނެވެ.
މުބާރާތުގެ ފައިނަލް ބުރު ކުރިއަށް ގެންދާނީ މާލޭގަ އެވެ. މުބާރާތުގައި ބައިވެރިވުމަށް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށް އެލަވަންސެއް ދޭން ވަނީ ނިންމާފަ އެވެ.