ENGLISH

19 މޭ 2026

Advertisement

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް

19 މޭ 2026

|

އައިމިނަތު ޝަފާ

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި އަޙްމަދު ޢަބްދުލްހާދީ

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ. 

މި މައްސަލައިގައި 25 އަހަރަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފައިވަނީ ނ. މިލަދޫ / އަލަމާގެ، އުމުރުން 43 އަހަރުގެ އަޙްމަދު ޢަބްދުލްހާދީގެ މައްޗަށެވެ. މި ހުކުމްކޮށްފައި ވަނީ 2026 މެއި 18 ވަނަ ދުވަހުކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2022 ވަނަ އަހަރުގެ މާރިޗުމަހުގެ ހަތަރު ވަނަ ދުވަހު އެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 ވަނަ އަހަރުގެ އެޕްރީލްމަހުގެ 11 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކުރަމުންކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު