ENGLISH
19 މޭ 2026
ޓްރެފިކް ބާރުބޮޑުވާ 12 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ
19 މޭ 2026
|
ސިނަމާލެ ބްރިޖް ސަރަހައްދުގައި ފުލުހުން ޓްރެފިކް ބަލަހައްޓަނީ. ފޮޓޯ؛ޖަވިޔަނި.
އެންމެ މަޤްބޫލު
މާލޭގައި ޓްރެފިކް ބާރުބޮޑުވާކަމަށް ފާހަގަކުރެވިފައިވާ 12 ސަރަހައްދެއްގެ ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭގައި ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުތަކުގައި ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ޓްރެފިކް ބަލަހައްޓަމުން ދާނެ ކަމަށެވެ. އެގޮތުން މާލޭގައި ޓްރެފިކް ބާރުބޮޑުވާކަމަށް ފާހަގަކުރެވިފައިވާ 12 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަމުންދާނެކަން އެ ހިދުމަތުން ވަނީ ފާހަގަކޮށްފަ އެވެ.
އެސަރަހައްދުތަކަކީ:
• ބޮޑުތަކުރުފާނުމަގާއި މަޖީދީމަގު ގުޅުނު ކަންމަތި (އާޓިފިޝަލް ބީޗް ކުރިމަތި)
• ބޮޑުތަކުރުފާނު މަގު ފަތާ ޓްރެކް ކައިރި
• މަޖީދީމަގާއި މާވެޔޮމަގު ގުޅުނު ކަންމަތި
• އަމީނީ މަގާއި އާމިނާރަނިހިނގުން ގުޅުނު ކަންމަތި
• ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގު ގުޅުނު ކަންމަތި (ރަސްފަންނު ކުރިމަތި)
• އަމީނީ މަގާއި ކަނބާއައިސާރަނިހިނގުން ގުޅުނު ކަންމަތި
• ބޮޑުތަކުރުފާނު މަގާއި ޗާނދަނީ މަގު ގުޅުނު ކަންމަތި
• އަމީރު އަޙްމަދު މަގު (ރައީސް އޮފީސް ކަރި)
• އަމީރު އަހުމަދު މަގާއި ސޯސަން މަގު ގުޅުނު ކަންމަތި
• މަޖީދީ މަގާއި ސޯސަންމަގު ގުޅުނު ކަންމަތި
• ބޮޑުތަކުރުފާނު މަގު ބްރިޖް ލައިޓް ކައިރި
• މިދިލިމަގު އެއަރޕޯޓް ލައިޓް ކައިރި
މާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް ހާއްސަ ސަމާލުކަމެއްދީގެން ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.