ENGLISH

18 މޭ 2026

Advertisement

އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ޔޫސުފް ވަހީދު ވަކިކޮށްފި

18 މޭ 2026

|

އާމިނަތު ނުޒްލާ

އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ޔޫސުފް ވަހީދު--

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމުން ޔޫސުފް ވަހީދު ވަކިކޮށްފި އެވެ.

ޔޫސުފް ވަހީދު މަގާމުން ވަކިކޮށްފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީން) ވަނީ ކަށަވަރުކޮށްދީފަ އެވެ. ޕީސީބީން ބުނީ، އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމުން މިއަދުން ފެށިގެން ޔޫސުފް ވަހީދު ވަކިކޮށްފައިވާ ކަމަށެވެ.

ޔޫސުފް ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓާސް އޮފް ޕްރޮފެޝަނަލް އެކައުންޓިން އެންޑް ފައިނޭންސް ހާސިލްކުރައްވާފަ އެވެ. 

އެޗްޑީސީގެ ބޯޑު މެންބަރެއްގެ މަގާމަށް، ޔޫސުފް އައްޔަންކޮށްފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އެޗްޑީސީގެ ބޯޑާ ގުޅެގޮތުން 2024 ވަނަ އަހަރު ހިންގި ތަހުގީގެއްގައި، އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދުއާއި ޔޫސުފް ވަހީދު ހިމެނޭހެން ބޯޑުގެ ހުރިހާ މެމްބަރުން ވަގުތީ ގޮތުން ސަސްޕެންޑް ކުރެވުނެވެ. އެހެންނަމަވެސް، ހަތަރު ދުވަސް ފަހުން ޕީސީބީން ވަނީ އެ ސަސްޕެންޝަން އުވާލާފަ އެވެ. 

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ބައެއް މަގާމުތަކަށް ބަދަލުގެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު