ENGLISH
18 މޭ 2026
ރާއްޖެއާއި އިންޑިއާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރަން ސެމިނާއެއް
18 މޭ 2026
|
ރާއްޖެއާއި އިންޑިއާ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ސެމިނާގެ ތެރެއިން.
އެންމެ މަޤްބޫލު
ރާއްޖެއާއި އިންޑިއާ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސް އާއި އިންޑިޔާ ހައިކޮމިޝަން ގުޅިގެން ސެމިނާއެއް ބާއްވައިފި އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބާލަސުބްރަމާނިއަން އެވެ. މި ސެމިނާގައި ތައުލީމީ މާހިރުންނާއި، ދަރިވަރުންނާއި، ޑިޕްލޮމެޓުންނާއި މެހެމާނުން ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ހަރަކާތުގެ ބައެއްގެ ގޮތުގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ ފޮޓޯ މައުރަޒެއް ވެސް ކުރިއަށް ގެންދިޔަ އެވެ.
މި ސެމިނާގައި، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައިގަނޑު މަޤްޞަދުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ. މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ތާރީޚީ އަދި ޘަޤާފީ ގުޅުންތަކާއި، ޞިއްޙީ ޚިދުމަތުގެ ދާއިރާއިން އެއްބާރުލުމާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، އިޤްތިޞާދީ ތަރައްޤީއާއި، ވިޔަފާރިއާއި، ތަޢުލީމީ އަދި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާއި، ބައިނަލްއަޤްވާމީ ގުޅުންތަކާއި، ޢުމްރާނީ ތަރައްޤީއާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި އިންޑިޔާ ހައިކޮމިޝަނަރު ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުލު ދައްކަވާފަ އެވެ.
މި ހަރަކާތް ނިންމާލާފައިވަނީ، އިންޑިޔާ އާއި ދިވެހި ސަގާފީ މުނިފޫހިފިލުވައިދިނުމުގެ ހަރަކާތްތަކުން ނެވެ.