ENGLISH
16 މޭ 2026
މުންދު ރައީސް ޔާމީނަށް: މަނިކުފާނު ކަންކަން ހަނދުމަފުޅު ނެތޭލެއް އަވަހީ
16 މޭ 2026
|
ސަރުކާރުގެ އިސް ތަރުޖަމާން
އެންމެ މަޤްބޫލު
މާޒީގައި ކަންކަން ހިނގާފައިވާގޮތް ހަނދުމަފުޅު ނުހުންނަކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް(މުންދު) ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކަމަށް ވިދާޅުވެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޔާމީނާއި ރައީސް ނަޝީދާއި ރައީސް ސޯލިހް ރޭ ބައްދަލުކުރައްވާފައިވާއިރު ޕީއެންއެފުން މިފަހުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ ރައީސް ސޯލިހްވެސް އަދި ރައީސް ނަޝީދުވެސް އެމަނިކުފާނު ޖަލަށް ލެއްވި ކަމަށާއި ނަމަވެސް އެބޭފުޅުންނާއެކު ކުރިއަށް ވަޑައިގަތުމަށް ނިންމެވީ ގައުމު ހަމަ މަގަށް އަޅުވަން ކަމަށެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުތަކަށް ރައްދު ދެއްވައި ތަރުޖަމާނު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުގެ ބޮޑުބައެއް ރައީސް ޔާމީން ހޭދަކުރެއްވީ ޖަލުގައި ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ރައީސް ޔާމީން ބަންދުކުރިކަމަށާއި އޭރު އެމަނިކުފާނު ބަންދުކޮށްގެން ދޫނިދޫގައާއި އާރަށު ގެންގުޅުއްވިކަން ތަރުޖަމާނު ރައީސް ޔާމީނަށް ހަނދުމަފުޅުކޮށްދެއްވި އެވެ.
އޭރު ރައީސް ޔާމީނާ ވަރަށް އަރިހުގައި މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ އޭރު ކަންހިނގައިދިޔަ ގޮތާއި އެކަމުގެ ސަބަބުން އާއިލާއަށް ކުރި އަސަރު ރައީސް ޔާމީން ވިދާޅުވީ އަމިއްލަފުޅަށް ކަމަށެވެ.
އެހެންކަމުން ރައީސް ޔާމީނަކީ އެމަނިކުފާނާ މެދު ކުރިން ސަރުކާރުތަކުން ކަންކަން ކުރިގޮތް ހަނދުމަފުޅު ނެތުން އަވަސް ބޭފުޅެއް ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.