ENGLISH

16 މޭ 2026

Advertisement

ތިން ރައީސުންގެ ބައްދަލުވުމަށްފަހު ފުރަތަމަ ފަޅާލީ ފުލުހުންގެ ސަފުތައް

16 މޭ 2026

|

އައިމިނަތު ޝަފާ

ކުރީގެ ތިން ރައީސުން މިރޭގެ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވަނީ: ފޮޓޯ؛ މިހާރު

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭއްވެވި ރޭ ބޭއްވި ބައްދަލުވުމަކަށް ފަހު، ގައުމު ހަމަމަގަށް އެޅުވުމަށް ސަރުކާރަށް ޑިމާންޑުތަކެއް ކުރައްވައި ރޭ މާލޭގެ މަގުތަކަށް ނުކުންނަވައި ފުލުހުންގެ ސަފުތައް ފަޅާލުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ. 

ރޭގެ ބައްދަލުވުމަށްފަހު ތިން ރައީސުންނާއި އެބޭފުޅުންނާއެކު ރޭގެ މުޒާހަރާގައި ބައިވެރިވި މީހުން އެންމެ ފުރަތަމަ ދިމާކުރީ ކަނބާއައިސާރަނި ހިންގުމުން ކުރިއަށްދާށެވެ. އެ ސަރަހައްދުން ދެވޭ ގޮތް ނުވުމުން ރައީސް ނަޝީދާއި ސޯލިހް، މުޒާހަރާގެ ބައިވެރިންނާއެކު މިސްރާބު ޖެއްސެވީ ބޮޑުތަކުރުފާނު މަގުން ކުރިއަށް ވަޑައިގަތުމަށެވެ. ބޮޑުތަކުރުފާނު މަގުން ރަސްފަންނާ ދިމާލަށް ދަތުރުކުރަން އުޅުމުން ވެސް ފުލުހުން މުޒާހަރާގެ ބައިވެރިން އެ އެ ސަރަހައްދުން ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ.

އެއާއެކު މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ ސަފުތަކަށް ބާރުބޮޑުކޮށް، ޝީލްޑްތައް ކޮއްޕައި ދުރަށް ޖެއްސުމަށްފަހު ފުލުހުންގެ ސަފުތައް ފަޅާލާފަ އެވެ. ފުލުހުންގެ ސަފުތައް ފަޅާލައި ރައީސް ސޯލިހް ވަނީ މާފަންނުގައި ހުންނަ އެމަނިކުފާނުގެ ގެކޮޅަށް ވަޑައިގެންފަ އެވެ. އަދި ރައީސް ނަޝީދު ވެސް ވަނީ ރަސްފަންނު ކައިރިން ކާރުކޮޅަކަށް އަރާވަޑައިގެން އެ ސަރަހައްދު ދޫކުރައްވައި ވަޑައިގެންފަ އެވެ.  

ނޫސްވެރިންގެ ދިފާއުގައި ކަމަށް ވިދާޅުވެ، އަދި ހައްގުތައް ކަށަވަރުކުރުމުގެ ނަމުގައި ތިން ރައީސުންގެ ގިޔާދަތުގެ ދަށުގައި މަގުމައްޗަށް ނިކުމެވަޑައިގެން ފުލުހުންނާ މިފަދަ ގޮތަކަށް ދިމާކުރުމުން ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ. މީގެ ކުރިންވެސް އެމްޑީޕީގެ މުޒާހަރާތަކުގައި ފުލުހުންނަށް އަނިޔާކޮށް އެބޭފުޅުންގެ ވާޖިބު އަދާކުރުމަށް އެކި ގޮތްތައް ހުރަސްއަޅާފައި ވެއެވެ. 

ކިޔުންތެރިންގެ ހިޔާލު