ENGLISH

14 މޭ 2026

Advertisement

ހަންޓާވައިރަސް ރާއްޖެއަށް އައުމުގެ ފުރުސަތު ހަނި؛ ޕަބްލިކް ހެލްތުން ތައްޔާރީ އެބަވޭ

14 މޭ 2026

|

ހަނާން އަހުމަދު ނައީމް

ޕަބްލިކް ހެލްތްއިން ތައްޔާރީތައް ވަމުންދޭ

ދުނިޔޭގައި މިހާރު ފެތުރެމުންދާ ހެންޓާވައިރަހުގެ އަސަރު ރާއްޖެއަށް ކުރުމުގެ ފުރުސަތު ހަނި ނަމަވެސް ޕަބްލިކް ހެލްތް އިން އެފަދަ ހާލަތަކަށް ތައްޔާރީތައް ވަމުންދާކަމަށް ރައިސް އޮފީހުގެ ތަރުޖަމާނު، ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު މިފަދައިން ވިދާޅުވީ، ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައ ހެންޓާވައިރަސް އާއި އަދި ގައިންގައިން އަރާ މި ނޫނަސް އެހެން ބަލިތައް ގިނަވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހަމަޖެހިފައިވޭތޯ ސުވާލު ކުރުމުން ދެއްވި ޖަވާބުގައެވެ.

އެގޮތުން ތަރުޖަމާނު ވިދާޅުވީ، ރާއްޖެއަށް ހަންޓާ ވައިރަސްގެ ނުރައްކާ ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.

ނަމަވެސް ޕްބލިކް ހެލްތް ސެކްޓަރ އިން އެބޭފުޅުންގެ އެސްއޯއީތަކުން މިހާރުވެސް އެފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ތައްޔާރީތައް ވަމުންދާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

"އަޅުގަންޑުމެންގެ ޕަބްލިކް ހެލްތް ބޭފުޅުން ގެންގުޅުއްވާ އެސްއޯޕީގެ ދަށުން ތައްޔާރީ އެބަވޭ ބޯޑާސްގެ ތެރެއިންނާ އެކުގައި. މިވަގުތު އަޅުގަނޑުމެންގެ ރާއްޖެއަށް އައުމުގެ ފުރުސަތު ވަރަށް ހަނި." ތަރުޖަމާނު ވިދާޅުވިއެވެ.

މީގެ އިތުރުން ތަރުޖަމާނު ވަނީ މިފަދަ ހާލަތްތަކަށް އަބަދުވެސް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރައްވާ ކަމަށް ފާހަގަކުރައްވާފައެވެ. އަދި އާންމުން ކަންބޮޑުވެފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ހެންޓާވައިރަސްގެ ބިރު އަދި ނެތް ކަމަށް ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ، ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ވެސް މި ރީޖަން އަށް ހެންޓާ ވައިރަސްގެ ބިރު ނެތް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

"ހަންޓާ ވައިރަސް އާ ގުޅިގެން އަޅުގަނޑުމެން ހަމަ ރާއްޖޭޭގެ ޕޮލިސީގެ ތެރެއިން ބޯޑާރސް ހިމެނޭ ގޮތަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރާނަން. އަބަދުވެސް އަޅުގަނޑުމެންގެ ޕްރޮޓޮކޯލްސްތައް ވަރަށް ރަނގަޅަށް މިހުންނަނީ ވެން އިޓް ކަމްސް ޓު ގްލޯބަލް ޕެންޑެމިކްސް" - ތަރުޖަމާނު ވިދާޅުވިއެވެ.

އެހެން ނަމަވެސް މިހާރު ރާއްޖޭގައި ފެތުރެމުންދާ ބަލިތައް ކަމަށްވާ ހިމަބިހި އަދި ޑެންގޫ ފަދަ ބަލިތަކަށް ކަމާބެހޭ އިދާރާތަކުން އަންގަވާފައިވާ ގޮތަށް އަމަލު ކުރުމަށް ތަރުޖަމާނު ވަނީ އިލްތިމާސް ކުރައްވާފަ އެވެ. މިފަދަ ބަލިތަކާއި ގުޅިގެން އެއްވެސް އުނދަގުލެއް ވާނަމަ ވީހާވެސް އަވަހަށް ސިއްހީ ބޭފުޅަކަށް ދެއްކުމަށް ވެސް އެމަނިކުފާނު ވަނީ އެދިލައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު