ENGLISH

14 މޭ 2026

Advertisement

މަނަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކުރިއަށް

14 މޭ 2026

|

ފާތުމަތު އަދާ

ނ.މަނަދޫ ފިޓްނަސް ސެންޓަރުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ:އެމްޓީސީސީ

ނ.މަނަދޫގައި ޒަމާނީ ފެންވަރަށް ތަރައްގީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތުގެ އިތުރުން ރީއިންފޯސްމަންޓް އަދި ފާރު ރޭނުމުގެ މަސައްކަތް ސައިޓުގައި ކުރިއަށްދާ ކަމަށެވެ.

މަނަދޫ ފިޓްނަސް ސެންޓަރުގައި ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ޖުލައި މަހު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގަ އެވެ. ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

މި މަޝްރޫއުގެ އިތުރުން އެ ރަށުގައި އަންނަނީ ފުލުހުންގެ އިމާރާތެއް ވެސް އަޅަމުންނެވެ. އަދި ފުލުހުންގެ އިމާރާތުގައި މިހާރު ކުރިއަށްދަނީ ތިން ވަނަ ފަންގިފިލާގެ މަސައްކަތެވެ.

އެމްޓީސީސީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކު މަޝްރޫއުތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު