ENGLISH
14 މޭ 2026
މަގޫދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް
14 މޭ 2026
|
ފ.މަގޫދޫ ބިންހިއްކުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ފ. މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު އެރަށުގައި ކުރިއަށްދަނީ އެރަށުގެ އެއާޕޯޓް ހެދުމަށް ބިން ހިއްކުން ކަމަށެވެ.
އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ އިތުރުން އެރަށު ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ގެެނެސްދިނުމަށްޓަކައި، ބިން ހިއްކުމަށް ވެސް ހަވާލުކުރެވިފައި ވަނީ އެމްޓީސީސީއާ އެވެ.
އެގޮތުން، މަގޫދޫ ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތްކުރުުމުގެ މަޝްރޫއުގެ ދަށުން، 17 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، އެއާޕޯޓް ގާއިމުކުރުމަށް 30.8 ހެކްޓަރު ހިއްކުމާއި، 3،339 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 90 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ.
މިއީ، 206.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.