ENGLISH
14 މޭ 2026
ސަމާލުވޭ! މިއަދުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް
14 މޭ 2026
|
މުޅި ރާއްޖެއަށް މޫސުން ގޯސްދުވަހެއް، ސަމާލުވުމަށް އެދިއްޖެ-- ފޮޓޯ: ޖަވިޔަނި
އެންމެ މަޤްބޫލު
މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.
މެޓް އިން ބުނީ މިއަދު އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ކަމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށް މެޓް އިން ލަފާކޮށްފައިވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ކަނޑުތައް އާއްމު ގޮތެއްގައި ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ކަނޑުގަދަވުންވެސް އެކަށީގެންވާ ކަމަށް މެޓް އިން ބުނެފައިވެ އެވެ.
މެޓް އިން ބުނީ، ރާއްޖޭގެ ކަނޑުގެ ރާޅުތަކުގެ އުސްމިން ހަތަރު ފޫޓް އާ ހަތް ފޫޓް އާ ދެމެދުގައި ހުންނާނެކަމަށެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އިން ލަފާކޮށްފައިވެ އެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސްވާ ދުވަރެވެ. އެހެންކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށާއި، އެ އިދާރާއިން ނެރެމުން އަންނަ މޫސުމުގެ އެލާޓުތަކަށްވެސް ސަލާލުކަން ދިނުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެ އެވެ.
މޫސުން ގޯސްވުމާއި ގުޅިގެން ކަމާގުޅި ހުރިހާ އިދާރާތަކުން ވެސް އަންނަނީ، ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ނުވަތަ ގެއްލުން ކުޑަ ކުރުމަށްޓަކައި، މޫސުމަށް ސަމާލުވުމަށް ނަސޭހަތްތެރިވަމުންނެވެ.