ENGLISH
14 މޭ 2026
ކުޑަކުދިންނަށް ހާއްސަ ޕެކޭޖްތަކެއް އައިކެއަރ އިން ތައާރަފްކޮށްފި
14 މޭ 2026
|
އައިކެއަރ އިން ހާއްސަ ޕެކޭޖްތަކެއް ތައާރަފްކުރުން-- ފޮޓޯ: އައިކެއަރ ހޮސްޕިޓަލް
އެންމެ މަޤްބޫލު
ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން އައިކެއަރ ހޮސްޕިޓަލް އިން ހާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށްފި އެވެ.
އައިކެއަރ އިން ބުނީ މިފަދަ ޕްކޭޖްތަކެއް ތައާރަފްކުރުމުގެ ބޭނުމަކީ، ކުޑަކުދިންގެ ލޮލުގެ ސިއްހަތު ދެނެގަތުމަށާއި ލޮލުގެ މައްސަލަތަކަށް އަވަސް ފަރުވާ ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން އައިކެއަރއިން ވަނީ ”ބްރައިޓް އައިސް ބޭސިކް“ އަދި ”ބްރައިޓް އައިސް އެޑްވާންސް“ ގެ ނަމުގައި ދެ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. މި ޕެކޭޖުތަކުން އިންޝުއަރެންސް ކެނޑުމަށްފަހު، 30 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް އައިކެއަރ އިން ބުނެފައިވެ އެވެ.
ފެކޭޖްތަކުން ލިބޭ ހިދުމަތުގެ ތަފްޞީލް:
ބްރައިޓް އައިސް ބޭސިކް ޕެކޭޖް
ބްރައިޓް އައިސް އެޑްވާންސް ޕެކޭޖް
އައިކެއަރއިން ބުނީ، މި ފުރުސަތުގެ އެންމެ މައިގަނޑު ބޭނުމަކީ ކުދިން ބޮޑުވަމުން އަންނަ ދުވަސްވަރު ލޮލުގެ ފެނުން ގަވާއިދުން ޗެކްކުރުމަށް ބެލެނިވެރިންނަށް ބާރުއެޅުން ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މިހާރު ސްކްރީން ބޭނުންކުރާ މިންވަރު އިތުރުވުމާއި އަދި ކިޔެވުމުގެ ކަންކަމުގައި ލޮލަށް ކުރާ ބާރު ބޮޑުވުމުގެ ސަބަބުން ކުދިންގެ ލޮލުގެ ސިއްހަތަށް ބޮޑެތި އަސަރުތަކެއް ކުރަމުން އަންނަކަން އެ ހޮސްޕިޓަލްއަށްވެސް ފާހަގަވެފައިވާ ކަމަށެވެ. އެހެންކަމުން ކުޑަކުދިންގެ ލޮލުގެ ސިއްހަތަށް އިސްކަންދީ، ދިމާވެދާނެ ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް މަގުފަހި ކުރުމަށް ކަމަށްވެސް ބުނެފައިވެ އެވެ.
މި ޕެކޭޖުތައް ހާއްސަކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުދިންނަށެވެ. އަދި މި ޕެކޭޖުތަކުގެ ދަށުން ފަރުވާ ދެއްވާނީ ކުޑަކުދިންގެ ލޮލުގެ ހާއްސަ ޑޮކްޓަރުންނެވެ. މި ޕްރޮމޯޝަން 10 މެއި، 2026 އިން ފެށިގެން ވަކި މުއްދަތަކަށް ކުރިއަށް ގެންދާނެ ކަމަށް އައިކެއަރ އިން ބުނެފައިވެ އެވެ.