ENGLISH
11 މޭ 2026
ކަންކުރީ ރަނގަޅަށް، ކޯޓް އަމުރާ ޚިލާފުވީމަ ދައުލަތުގެ އެންމެ މަތީ އިދާރާގައި ބަހައްޓަން ޖެހޭ ސަބަބެއް ނޯންނާނެ: ކުރީގެ އުއްތަމަފަނޑިޔާރު
11 މޭ 2026
|
ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހްމަދު ޢަބްދުﷲ ދީދީ
އެންމެ މަޤްބޫލު
ކޯޓް އަމުރާއި ޚިލާފުވީމަ ދައުލަތުގެ އެންމެ މަތީ އިދާރާގައި އެ މީހަކު ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ދީދީ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި އަދަދު ނޫހުގެ ނޫސްވެރިއަކު ކްރިމިނަލް ކޯޓްގެ އަމުރަށް ގޮންޖަހާ އެ އަމުރާ ޚިލާފަށް ތަކުރާރުކޮށް އަމަލުކުރުމާއި ގުޅިގެން ނޫސްވެރީންގެ ބައްދަލްވުމުން ނެރުމާއި ގުޅިގެންނެވެ. ނޫސްވެރިޔާ ފުރަތަމަ ސުވާލު ކުރުމުން އެއީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށާ ދޮގު ތުހުމަތެއް ކުރައްވާ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްްމަދު މުޢިއްޒު ވަރަށް ސާފު އިބްރާތުން ވިދާޅުވެ ދެއްވި އެވެ.
އަދި ކޯޓެއްގެ އަމުރަށް ގޮންޖަހާ އަމަލު ކުރުމުގެ ފުރުސަތު ރައީސް އޮފީހުގައި ނުދެއްވާނެ ކަމުގައި ވިދާޅުވި އެވެ. ނަމަވެސް ރައީސްގެ އެ ވާހަކަފުޅަށް ބެލުމެއް ނެތި ނޫސްވެރިޔާ މަސައްކަތް ކުރީ "ސީނެއް" ކްރިއޭޓްކޮށް "ގަދަކަން" ދައްކާށެވެ.
އެ ނޫސްވެރިޔާއާމެދު ކަންތައްކުރި ގޮތާގުޅޭގޮތުން ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހްމަދު ޢަބްދުﷲ ދީދީ ވިދާޅުވީކަންކުރީ ރަނގަޅަށް ކަމަށެވެ. އަދި ވިދާޅުވީ ކޯޓް އަމުރާއި ޚިލާފުވީމަ ދައުލަތުގެ އެންމެ މަތީ އިދާރާގައި އެ މީހަކު ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
"ކޯޓް އަމުރާ ޚިލާފުވީމަކާ ދައުލަތުގެ އެންމެ މަތީ އިދާރާގައި ބަހައްޓަން ޖެހޭ ސަބަބެއް ނޯންނާނެ. ކަންކުރީ ރަނގަޅަށް," ދީދީ ވިދާޅުވި އެވެ.
އަދަދާއި ދެކޮޅަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ރޭ ވަނީ އެ މައްސަލަ ބަލައިގަނެ އަމުރެއް ނެރުއްވާފަ އެވެ.
އެ ނޫހުން ގެންދަނީ ސިޔާސީ ވަކި ވިސްނުމެއްގައި ނޫސްވެރިކަމުގެ ނިވާފަތްގަނޑުގައި ތިބެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ގުޅޭގޮތުން އެއްވެސް އަސާސެއް ނެތް ދޮގު ބުހުތާނު ފަތުރަމުންނެވެ. އަދި ކޮންމެ އިންތިޚާބަކާ ދިމާކޮށް އެފަދަ ދޮގުތައް ހިމަނާ ވީޑިއޯތައް ނެރެ އެވެ.