ENGLISH
11 މޭ 2026
ހައްޖުވެރިން ހޫނުން ސަލާމަތްވުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
11 މޭ 2026
|
ހައްޖާޖީން ހައްޖުގެ އަޅުކަމުގައި-- ފޮޓޯ: ޓައިމް
އެންމެ މަޤްބޫލު
ހައްޖުގެ އަޅުކަމުގައި އުޅޭއިރު، ހައްޖާޖީން ސަމާލުވާންވީ ގިނަ ކަންތައްތައް މޯލްޑިވްސް ހައްޖު މިޝަންއިން ހިއްސާކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ދަތުރަށް ފެށުމުގެ ކުރިންނާއި، އަދި ދަތުރުމަތީގައިވެސް ސަމާލުކަންދޭންވީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ހައްޖުގެ އަޅުކަމުގައި އުޅުއްވާއިރު އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހޮޓްލައިން ނަންބަރު 1966 އަށް ގުޅައިގެން އެހީތެރިކަން ހޯދުމަށް އެދިފައިވެ އެވެ.
މި ހޮޓްލައިންއަކީ 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ އަދި 11 ބަހަކުން މުއާމަލާތް ކޮށްގެން ހިދުމަތް ލިބޭނެ ނަންބަރެއްކަން ފާހަގަކޮށްފައިވެ އެވެ. މި ހޮޓްލައިން ނަންބަރުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި އާއްމު މައުލޫމާތްތަކާއި، ޝަކުވާ ހުށަހެޅުމުގެ އިތުރުން ހައްޖާޖީންނަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ލިބޭނެ ކަމަށް ހައްޖު މިޝަންއިން ބުނެފައިވެ އެވެ.
ހައްޖު މިޝަންއިން އިން ބުނީ ދަތުރުގެ އެންމެހާ އިންތިޒާމުތަކާއި އިރުޝާދުތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
އެތެރޭގެ ދަތުރުތަކުގައި ސަމާލުވާންވީ ކަންތައްތައް:
މީގެ އިތުރުން އަރާފާތު ދުވަހު މެންދުރާއި އަސުރު ނަމާދާއި އެކު އެކީގައި ކުރުކޮށް ކުރުމަށާއި، ޓެންޓުގައި މަޑު ކުރުމަށް އެދިފައިވެ އެވެ.
މި މަހުގެ ތެރޭގައި މައްކާ ސަރަހައްދުގެ ހޫނުމިން 40 ޑިގްރީއަށް އެރުމުގެ ފުރުސަތު އޮތުމާއެކު ކުރިއަށް އޮތް ހައްޖު މޫސުމުގައި ހައްޖާޖީން ސަމާލުވުމަށް ސައުދީ އަރަބިއްޔާގެ ޤައުމީ މީޓިއޮރޮލޮޖީ ސެންޓަރު (އެންސީއެމް) އިން މީގެ ކުރިން އިލްތިމާސްކޮށްފައިވެ އެވެ. ހައްޖު މިޝަންއިން ވެސް މިކަން ފާހަގަކޮށް ގަދަ އަވީގައި ގިނަ ވަގުތު މަޑުނުކުރުމަށާއި، ބައިބޯ ގަޑިތަކުގައި ބޭރަށް ނުދިއުމަށް އިލްތިމާސްކޮށްފައިވެ އެވެ. ހަމަމިއާއެކު ހޫނުގަދަވުމުގެ ސަބަބުން އަޅުކަމަށް ހުރަސްއެޅިދާނެ ފަދަ ކަންކަމުން ރައްކާތެރިވުމަށް ނަސޭހަތްތެރިވެފައިވެ އެވެ.
ރައްކާތެރިކަމުގެ ފިޔަވުޅުތައް:
ހައްޖުވެރިން ހޫނުން ސަލާމަތްކުރުމަށް ސައުދީ ސަރުކާރުން މިހާރު ވެސް ވަނީ ހޫނު މަޑުކުރުމަށް ފެން ސްޕްރޭކުރާ ޒަމާނީ ނިޒާމުތަކެއް ހަރަމްފުޅުގެ ވަށައިގެން ހަރުކޮށްފަ އެވެ.
ގަދަ ހޫނުގެ ސަބަބުން 2024 ވަނަ އަހަރުގެ ޙައްޖު މޫސުމުގެ ތެރޭގައި 1,300 އަށް ވުރެ ގިނަ ޙައްޖުވެރީން ވަނީ މަރުވެފަ އެވެ. އަދި 2023 ވަނަ އަހަރު ހޫނު ގަދަވުމުގެ ސަބަބުން 240 ހައްޖުވެރިން ހައްޖުގެ އަޅުކަމުގެ ތެރޭގައި މަރުވި އެވެ.
ދެހާސް ތޭވީސް ވަނަ އަހަރު ގަދަ ހޫނުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވި ހައްޖުވެރިންގެ އަދަދު 10،000 އަށް އަރާއިރު އޭގެ ތެރެއިން 10 އިންސައްތަ މީހުންނަކީ ހީޓް ސްޓްރޯކް ޖެހުނު މީހުން ނެވެ.
ކޮންމެ އަހަރެއްގެ ވެސް ހައްޖު މޫސުމާ ދިމާކޮށް މައްކާގެ ހޫނު މިން މައްޗަށްދާތީ ހައްޖުވެރިންގެ ސަލަމާތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސައުދީ ސަރުކާރުން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.