ENGLISH
11 މޭ 2026
ދެއްވަދޫ ބަނދަރުގެ ފަޅު ފުންކުރުމުގެ މަސައްކަތް ކުރިއަށް
11 މޭ 2026
|
ދެއްވަދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ގއ. ދެއްވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ބަނދަރުގެ ފަޅު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީ އިން ބުނީ މީގެ އިތުރުން ބަންޑުވޯލް (ވެލިގަނޑު ހިފެހެއްޓުމަށް ޖަހާ ފާރު) ގާއިމުކުރުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 630 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. މި މަޝްރޫއަށް 103 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ.
ދެއްވަދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
މީގެ އިތުރުން ބަނދަރު ބައްތިިއާ ނެރު ބައްތި ހަރުކުރުމުގެ އިތުރުން ޕޭވްމަންޓް އެޅުމުގެ މަސައްކަތް ހިމެނެ އެވެ.
ދެއްވަދޫ ބަނދަރު ތަރައްޤީކޮށް ނިމުމާއެކު، އެރަށުގެ ބަނދަރަށް ބޭނުންވާ ޖާގަ ލިބި، ފަޅު ފުންކުރުމުގެ ސަބަބުން މުދާ ބޭލުމާއި ލަފާ ފުރުމަށް އެތައް ލުއިފަސޭހައެއް ލިބޭނެ އެވެ.