ENGLISH

13 މޭ 2026

Advertisement

ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކައިން މައްޗަށް

09 މޭ 2026

|

އައިމިނަތު ޝަފާ

ގެސްޓުހައުސްއެއް

މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ގެސްޓްހައުސްތަަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކައިން މައްޗަށް އަރައިފި އެވެ. 

ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްް 831،254 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 5.4 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 878،492 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ.

މި އަހަރު މިހާތަނަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން 567،371 މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އަދި 202،815 މީހަކު ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާ އިންނެވެ. ޗައިނާއިން ރާއްޖެއަށް 125،682 ފަތުރުވެރިން އައިސްފައި ވެއެވެ. ދެވަނައިގައި އޮތް ރަޝިޔާއިން ރާއްޖެއަށް އައިސްފައި ވަނީ 107،368 ފަތުރުވެރިން ނެވެ. އެ ލިސްޓުގެ ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 73،493 ފަތުރުވެރިން އައިސްފައި ވެއެވެ.

ރާއްޖޭގައި 186 ރިސޯޓާއި، 16 ހޮޓެލްގެ އިތުރުން، 950 ގެސްޓް ހައުސް އާއި، 172 ސަފާރީ އޮޕަރޭޓް ކުރަމުންދެއެވެ.

މިހާރު ދުވާލަކު ރާއްޖެ އަންނަނީ 6،597 ފަތުރުވެރިންނެވެ. 

ކިޔުންތެރިންގެ ހިޔާލު