ENGLISH

08 މޭ 2026

Advertisement

އެމްއައިބީއިން ތޮއްޑޫގައި އޭޓީއެމް ހިދުމަތް ފަށައިފި

08 މޭ 2026

|

ހަނާން އަހުމަދު ނައީމް

އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އއ.ތޮއްޑޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.

މި ހިދުމަތް ތައާރަފުކޮށް ދިނީ، އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލް އާއި ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސް އަލީ އާދަމެވެ. 

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.

ތޮއްޑޫގައި އެމްއައިބީއިން ބެހެއްޓި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ތޮއްޑޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބޭނެއެވެ. 

އެމްއައިބީން ބުނީ، އެ އޭޓީއެމް ހިދުމަތް ފަރުމާކޮށްފައި ވަނީ ބޭންކިން ފަސޭހަކުރުމާއި ރަށުގެ މުޖުތަމައުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމަށް ކަމަށެވެ.

އެމްއައިބީއިން ދަނީ ބެންކުގެ މާލީ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދީ، ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޭޓީއެމް އަދި ސެލްފް ސާވިސް ބޭންކިން ނެޓްވޯކް ފުޅާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު