ENGLISH

05 މޭ 2026

Advertisement

ރައީސުލްޖުމްހޫރިއްޔާއަށް ސްރީލަންކާ ސަރުކާރުން ރަސްމީގޮތުން މަރުޙަބާ ދެންނެވުން

05 މޭ 2026

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާއަށް ސްރީލަންކާ ސަރުކާރުން ރަސްމީގޮތުން މަރުޙަބާ den

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ސްރީލަންކާ ސަރުކާރުން އެމަނިކުފާނަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި.

ރައީސުލްޖުމްހޫރިއްޔާއަށް ސްރީލަންކާ ސަރުކާރުން ރަސްމީގޮތުން މަރުޙަބާ ދެންނެވުން. ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތު 04 މެއި 2026 ގައި އޮތީ ކޮލަމްބޯގައި ހުންނަ ސްރީލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގަ. 

ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމުގެ ހަރަކާތުގައި ދެ ރައީސުން ސަލާންކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

މިރަސްމިއްޔާތަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައީސް، ހިޒް އެކްސެލެންސީ އަނޫރާ ކުމާރާ ޑިސަނާޔަކެ.

ރަސްމީ މަރުޙަބާގައި ރައީސުލްޖުމްހޫރިއްޔާއަށް ގާޑް އޮފް އޮނަރ އިންސްޕެކްޓްކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތު ފެށިގެން ދިޔައީ 21 ބަޑީގެ ސަލާމަކުން. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ސްރީލަންކާގެ އަސްކަރިއްޔާގެ ގާޑް އޮފް އޮނަރއެއް އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވި.

ރައީސުލްޖުމްހޫރިއްޔާއަށް ސްރީލަންކާ ސަރުކާރުން ރަސްމީގޮތުން މަރުޙަބާ ދެންނެވުން. ފޮޓޯ: ރައީސް އޮފީސް

މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއަށް، ސްރީލަންކާ ސަރުކާރުގެ ޢިއްޒަތްތެރިން ތަޢާރުފްކޮށް އަރުވާފައިވޭ. އަދި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ ބޭފުޅުން، ސްރީލަންކާގެ ރައީސަށް ތަޢާރުފުކޮށް އެރުވި. 

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ ބޭފުޅުން ރަސްމީ މަރުޙަބާގެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވަޑައިގެންނެވި. މީގެ އިތުރުން ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވެވަޑައިގެންނެވި.

މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސްރީލަންކާގެ ރައީސާއެކު ރަސްމީ ފޮޓޯއެއް ނަންގަވައި، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ.

ކިޔުންތެރިންގެ ހިޔާލު