ENGLISH

03 މޭ 2026

Advertisement

ކާރިސާގެ ކަންކަން ބެލެހެއްޓުން އިތުރަށް ހަރުދަނާކުރަން މަޝްވަރާކޮށްފި

03 މޭ 2026

|

އައިމިނަތު ޝަފާ

ދިފާއީ ވަޒީރު އެންޑީއެމްއޭގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުން

ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާތައް ކުރިއަށްގެންދިޔައީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންނާއި ދިފާޢީ ވުޒާރާގެ ފަރާތުން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ. 

މި ބައްދަލުކުރެއްވުމުގައި ދިފާޢީ ވަޒީރުގެ އިތުރުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޞަފޫރާއާއި އެންޑީއެމްއޭގެ ފަރާތުން ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ކުރުމާ ގުޅޭގޮތުން އެންޑީއެމްއޭގެ އިސް ބޭފުޅުންނާއެކު ވަޒީރު ވަނީ މަޝްވަރާ ކުރައްވާފަ އެވެ.  

ކާރިސާތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތައް އިތުރުކޮށްފައިވާއިިރު "ޖަޕާން ގްރާންޓް އެއިޑް ފޯ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް (އީ.އެސް.ޑީ.ޕީ)" ޕްރޮޖެކްޓްގެ ދަށުން ކާރިސާތަކުން ރައްކާތެރިވުމަށް 4.3 މިލިއަން އެމެރިކާ ޑޮލަރު (66 މިލިއަން ދިވެހި ރުފިޔާ) ގެ އަގުހުރި ތަކެތި ޖަޕާނު ސަރުކާރުގެ ފަރާތުން އެންޑީއެމްއޭއާ ވަނީ މިފަހުން ހަވާލުކޮށްފަ އެވެ. 

ޖަޕާނަކީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ދާއިރާއިން ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު