ENGLISH

26 އޭޕްރީލު 2026

Advertisement

ސެންޓްރަލް ރީޖަން ޒޯން އެކެއްގެ ޗެމްޕިއަނުންނަކީ ކ. ހުރާ

26 އޭޕްރީލު 2026

|

މުޙައްމަދު އަދުހަމް

މަހިބަދޫ ކޮޅަށް ލަނޑުޖެހުމަށްފަހު ހުރާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ހުރާ ކޮމިއުނިޓީ ކްލަބް

މިހާރު ކުރިއަށްދާ އެފްއޭއެމް ރީޖަނަލް ލީގުގެ ކޮލިފިކޭޝަންގައި ސެންޓްރަލް ރީޖަން ޒޯން އެކެއްގެ ފައިނަލުގައި އދ. މަހިބަދޫ ބަލިކޮށް، ކ. ހުރާ އިން ޗެމްޕިއަންކަން ހޯދައިފިއެވެ. މި މެޗުން ހުރާ މޮޅުވީ 3-0 އިންނެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އަތޮޅުތެރެއަށް ނިސްބަތްވާ އެންމެ ކާމިޔާބު ޓީމު ކަމަށްވާ، ހުރާ އިން ޒޯން އެކެއްގެ ފައިނަލަށް ދަތުރުކުރީ ވެސް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެވެ.

މަހިބަދޫގެ ޕެލޭ ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ހުރާ އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ.

މެޗުގައި ހުރާގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ފަވާޒް، މުޙައްމަދު ތަސްނީމް އާއި ގޯމޭސް އަލްވަރޭސް އެވެ.

މަހިބަދޫ އާއި ހުރާ ވާދަކުރި ސެންޓްރަލް ރީޖަން ކޮލިފައިންގެ ޒޯން އެކެއްގައި އެ ދެ ޓީމުގެ އިތުރުން އއ. ތޮއްޑޫ އާއި ކ. ހިންމަފުށި ވާދަކުރިއިރު މި ބުރުގެ ފައިނަލަށް މަހިބަދޫ ދަތުރުކުރީ ލީގު އުސޫލުން ކުރިއަށްގެންދިޔަ ބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ދެވަނަ ޓީމުގެ ގޮތުގަ އެވެ. އެ ޓީމު ބަލިވީ ހުރާ އަތުންނެވެ.

މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ސެންޓްރަލް ރީޖަންގެ ލީގަށް ކޮލިފައިވީ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. އެގޮތުން، މި ބުރުގައި ވާދަކުރާނީ ސެންޓްރަލް ރީޖަންގެ ޒޯން އެކެއްގައި ހިމެނެނު ހުރާއާއި މަހިބަދޫގެ އިތުރުން މި ރީޖަންގެ ޒޯން ދޭއްގެ ދ. ކުޑަހުވަދޫ އާއި ދ. މީދޫ އެވެ.

ކިޔުންތެރިންގެ ހިޔާލު