ENGLISH
26 އޭޕްރީލު 2026
ފުލުހުން މަސްތުވާތަކެތި ނައްތާލާ ގޮތް ބަލަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް!
26 އޭޕްރީލު 2026
|
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި-- ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، މި ހަރަކާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިރޭ 23:59 އާ ހަމައަށް ވަނީ ހުޅުވާލެވިފައިވާ ކަމަށެވެ. މި ހަރަކާތުގައި ބައިވެރިވެވެނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށެވެ.
އެ އިދާރާއިން އިން ބުނީ، މި ހަރަކާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުގެ އިތުރުން ގުޅޭނެ ފޯނު ނަންބަރު [email protected] މެއިލް އަށް މެއިލް ކުރުމަށެވެ.
މި ހަރަކާތުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މެއިލްކުރާ ތަރުތީބުން 10 މީހަކަށް ކަމަށްވެސް އެ ހިދުމަތުން ބުނެފައިވެ އެވެ.
މަސްތުވާތަކެތި ނައްތާލުމުގެ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު ދޫނިދޫގަ އެވެ.
މަސްތުވާތަކެތިން ސަލާމްތަވެފައިވާ މުޖުތަމައެއް ގާއިމްކުރުމަށްޓަކައި ފުލުހުންގެ އިދާރާއިން އަންނަނީ ގިނަ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.