ENGLISH

26 އޭޕްރީލު 2026

Advertisement

މަރޮށީ މަގުތައް ތަރައްޤީކުރުމުގެ ސާވޭ މަރުޙަލާ ފަށައިފި

26 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

މަރޮށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްޓަކައި ސާރވޭ ކުރަނީ--ފޮޓޯ: އާރުޑީސީ

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން، ށ. މަރޮށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ސާރވޭގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.  

މަރޮށީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ، މިދިޔަ އަހަރު އޮކްޓޫބަރ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި މަޝްރޫއު ފައްޓަވައިދެއްވީ މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވަޒީރު މޫސާ ޒަމީރެވެ.

މަރޮށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި ސާރވޭ ކުރަނީ--ފޮޓޯ: އާރުޑީސީ

އާރުޑީސީ އާ މި މަޝްރޫ ހަވާލުކޮށްފައިވަނީ 730 ދުވަސް ތެރޭ ނިންމާ ގޮތަށް 60,295,350.24 ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން މަރޮށީގެ އަށް މަގު ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ. އެއީ 2.9 ކިލޯ މީޓަރުގެ ދިގު މިނެވެ. މި މަޝްރޫއުގެ ދަށުން މަގުތައް ހެދުމާއި، ގާއެތުރުމާއި، ކާބް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.

އާރުޑީސީން ބުނީ ، މި މަޝްރޫއުގެ ދަށުން މަގުގެ ބިންގަނޑު އެއްވަރުކޮށް ވަރުގަދަކުރުމާއި، ތާރު އެޅުމަށް ބޭނުންވާ ބޭސް ކޯސް ތައްޔާރުކުރުމާއި، ޕޭވްމަންޓް ނުވަތަ ހިނގާ މަގު ހެދުމާއި، މަގުގެ އަރިމަތީގައި ކާބް އެޅުމާއި، ތާރު އެޅުމުގެ އިތުރުން ޒިގްޒިގް ގާ އެތުރުން ހިމެނޭ ކަމަށެވެ.

މަރޮށީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދިގެން ދިއުމަކީ އެރަށު ރައްޔިތުން ކުރަމުން އައި އުއްމީދެކެވެ. މި މަޝްރޫއު ނިމުމާއެކު މަގުތަކުގައި ފެން ބޮޑުވުމުން ދިމާވާ އުދަނގޫތަކުން ސަލާމަތްވެ، ހިނގާ ބިގާވެ އުޅޭ ފަރާތްތަކާއި ދުއްވާ އެއްޗިއްސަށް ލުއި ފަސޭހަކަން ލިބެގެން ދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު